ads
މަޖިލީހުގެ ރައީސް ނަޝީދު --
ރައްޔިތުންގެ މަޖިލިސް ''ހައިޖެކް'' ކުރީތަ؟
ދަންނަވަން މި އުޅެނީ ގަލޮޅުގައި ކުރިން ހުންނަ ބަކަރި ކޮށީގެ ވާހަކައެއް ނޫނެވެ. ދަންނަވަން މި އުޅެނީ ދައުލަތުގެ ތިން ބާރުގެތެރެެއިން ގާނޫނު ހެދުމުގެ ބާރުކަމަށްވާ ރައްޔިތުން މަޖިލީހުގެ ވާހަކައެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ގަވާއިދާއި, މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ, މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދަށްް އުނިކަންް އަންނަފަދަ އެއްވެސްް އަމަލެއް ހިނގައިފިނަމަ ނުވަތަ މަޖިލީހުގެ ގަވާއިދަށްް އުނިކަމެއްް އަތުވެދާނެކަމަށްް ބެލެވޭ އެއްވެސްް ކަމެއްް ފާހަގަކުރެވިއްޖެނަމަ, އެކަމެއްް ހުއްޓުވުމަށްް ކުރަންޖެހޭ ކަންކަންް ކުރުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށެވެ.

ފެންނަނީ ދިމާ އިދިކޮޅަށެވެ. މަޖިލީހުގެ ހުރުމަތާއި ގަދަރު ނުހިފައްޓަވައި މަޖިލީހުގެ ރައީސް ގަވާއިދާއި ހިލާފަށް އަމަލުކުރައްވަމުން ގެންދަވާ ތަނެވެ. މެންބަރުން ބަހުސް ކުރައްވަމުން ގެންދަވަނިކޮށް, ބަހުސް މެދުކަނޑާލައްވައި އަމިއްލަފުޅު ވާހަކަ ދައްކަވާ ސަކަރާތް ޖައްސަވާ މަންޒަރެވެ. މަޖިލީހުގެ ބައެއް މެންބަރުން ނިޒާމީ ނުކުތާ ނަންގަވައި, ކޮންމެ ވެސް އެހެން މެންބަރަކު ރޭގަނޑު ''އެއްދާން ކުރައްވާ'' ވާހަކައާއި, ''ރާފޮދު ހިއްޕަވައި އަމަލުވެގެން ހުންނަވާ'' ވާހަކަފަދަ ވާހަކަތައް ދެއްކެވުމުން, އެ ވާހަކަތައް އަޑުއައްސަވައި ހިނިފުޅުވަޑުވާފައި ''ޝުކުރިއްޔާ އިއްޒަތްތެރި މެންބަރު'' އޭ ވިދާޅުވާ މަންޒަރެވެ. މަޖިލީހުގެ ރައީސް ބޭނުންވާ މިސްރާބަށް މަޖިލިސް އަނބުރައިލައްވަން މަސައްކަތްޕުޅު ކުރައްވާ މަންޒަރެވެ.

your imageމަޖިލީހުގެ ރައީސް ނަޝީދު

''ސީއެންއެމް'' އާއި ވާހަކަ ދައްކަަވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ މެންބަރުންގެ ބަހުސްތައް މެދުކަނޑާލައްވައި ވާހަކަ ދެއްކެވުމަކީ އެއްގޮތަކަށް ވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި, ރައްޔިތުން މަޖިލީހުގެ ގަވާއިދު ކަނޑައެޅިގެން ސާފުކޮށް މަނާކުރާ ކަމެއް ކަމަށެވެ. އަނެއްކާ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ވެސް އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށެވެ.

''އޭގެ ސަބަބުން ވާގޮތަކީ ސީދާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކޮންޓްރޯލް މުޅި މަޖިލީހުގަ އޮންނާނީ. މުޅި މަޖިލިސް ހައިޖެކް އެ ކުރެވެނީ ހަގީގަތުގަ މަޖިލީހުގެ ރައީސްއަށް އެތާ އިނދެވި. ޔައުމިއްޔާތައް ބަލައިފިއްޔާ ފެންނާނެ 19 ވަނަ ދައުރުގަ އެންމެ ގިނައިން ވާހަކަަދައްކަވާފަ އޮތް މެންބަރަކަށް ވާނީ ރައީސް ނަޝީދު.'' އަލީ ހުސައިން ވިދާޅުވިއެވެ.

your imageއަލީ ހުސައިން----

އަލީ ހުސައިން ވިދާޅުވީ މަޖިލީހުގެ ރައީސަކީ އެއްގޮތަކަށް ވެސް ބަހުސްތަކުގަ ބައިވެެރިވެވަޑައިގެން ރައްދު ދެއްވައި, ބަހުސް މެދުކަނޑައިލައްވަން އިންނަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެއީ ވަރަށް ދެރަކޮށް ހިނގާކަމެއް ކަމަށާއި, މެޖޯރިޓީ އޮތީމަ އޭގެ ނާޖާއިޒު ފައިދާ ނެންގެވުންކަމަށް ވެސް އަލީ ހުސައިން ވިދާޅުވިއެވެ.

''ސީއެންއެމް'' އާއި ވާހަކަ ދައްކަަވަމުން ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ, ރައްޔިތުން މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރިޔާސަތުގަ އިންނަވާ ބޭފުޅަކަށް ބަހުސްގައި ބައިވެރިވެވަޑައެއް ނުގަނެވޭނެކަން ފާހަގަކުރައްވާފައެވެ. އަދި މީގެ ކުރިން ވެސް މަޖިލީހުގެ ރިޔާސަތުގައި އިންނަވާ އެއްވެސް ބޭފުޅަކު ބަހުސްގައި ބައިވެރިވެވަޑައިގެންފައެއް ނެތްކަން ވެސް ފާހަގަކުރެއްވިއެވެ.

''އެހެންވީމަ މިހާރު ރައްޔިތުން މަޖިލީހުގެ ރައީސްކަމުގެ މަގާމުގަ ހުންނަވައިގެން ރައީސް ނަޝީދު އެ އަމަލު ކުރައްވަމުން ގެންދަވަނީ މަޖިލީހުގެ ގަވާއިދާއި ހިލާފަށްކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެ މަނިކުފާނަކަށް ބަހުސްގައެއް ބައިވެރިވެވަޑައެއް ނުގަނެވޭނެ. އެހެނެއް ނޫން ރިޔާސަތުން އަންގާ އެންގުން އެންގެވިދާނެ.'' އަދުރޭ ވިދާޅުވިއެވެ.

your imageކުރީގެ މެންބަރު އަބްދުއްރަހީމް

އަދުރޭ އިތުރަށް ވިދާޅުވީ އެއީ ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ކުރުން ކަމަށެވެ.

10%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
65%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް