ads
އިންޑިއާ - ކޮވިޑް-19ގެ ހާލަތު
ކޮވިޑް ގެ ނުރައްކާތެރި އާ ވޭރިއަންޓުތައް ގިނަވެ ސަމާލުވާން އަންގައިފި
ކޮވިޑް-19 ގެ ނުރައްކާތެރި ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯންގެ ސަބް ވޭރިއަންޓުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކަމަށާއި، އެކަމުން ހުރިހާ ގައުމުތަކުންވެސް ސަމާލަތް ތިބުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޮވިޑާ ގުޅޭ އެމެޖެންސީ ކޮމިޓީން ބުނެފި އެވެ.

އެ ކޮމިޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އަދިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 ގެ އޮމިކްރޯން ވޭރިއަންޓުގެ ސަބް ވޭރިއަންޓުތައް ފެންނަމުން އަންނަ ކަމަށާއި، އޭގެ ތެރެއިން ބައެއް ވޭރިއަންޓު ތަކަކީ ނުރައްކާތެރި ވޭރިއަންޓުތަކެއް ކަމަށެވެ. އަދި މިކަމަށް ދުނިޔޭގެ ހުރިހާ ގައުމަކުން ސަމާލުވެ ތިބުމަށާއި، ފަރުވާ ކުޑަ ނުކުރުމަށް އެ ކޮމިޓީން ވަނީ އެދިފައެވެ. 

އަދި މިހާރު ގައުމުތަކުން ކޮވިޑް-19 އާއި މެދު ވަރަށް ބޮޑަށް ފަރުވާ ކުޑަކޮށްފައިވާ މަންޒަރު ފެންނަ ކަމަށާއި، ބައްޔަށް ޓެސްޓު ކުރުމާއި ވެކްސިން ޖެހުމުގެ ކަންކަންވެސް މަޑުޖެހިފައި ވުމަކީ ބަލި އަނެއްކާވެސް ގައުމުތަކުގައި ގިނަވެ ގައުމުތައް ކާރިސާއެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަށެވެ. 

މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ، ކޮވިޑް-19 އަދި ނިމެން ގާތްވެސް ނުވާ ކަމަށާއި، ބަލީގެ ނުރައްކާ އަދިވެސް ކުޑަ ނުވާ ކަމަށެވެ. އަދި މިއީ އަވަަހަށް ނިމިގެން ދާނެ ކަމެއް ނޫން ކަމަށްވެސް ކޮމިޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

އެ ކޮމިޓީއިން މިފަދަ ބަޔާނެއް ނެރެ އާއްމު ކޮށްފައިވާއިރު، އިނގިރޭސިވިލާތުގެ އެކި ހިސާބުތަކުގައި ކޮވިޑް-19 ގެ އާ ވޭރިއަންޓުތައް އަންނަނީ ހަލުވި ކަމާއިއެކު ފެތުރެމުންނެވެ. އަދި މި އާ ވޭރިއަންޓުގެ ސަބަބުން އެތައް ބައެއް މަރުވަމުން އަންނަ ކަމަށްވެސް އެގައުމުގެ ސިއްހީ އޮފިޝަލުން ވަނީ ބުނެފައެވެ. 

7%
ކަމުގޮސްފި
64%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް