ads
އީލޮން މަސްކް: ޓުވިޓަ ގަތުމަށް ވަނީ ނިންމާފައި
ޓުވިޓާ އިސްލާހު ކުރަން އިލޮން މަސްކް ޓުވިޓާ ގަންނަނީ
ޓުވިޓާ އިސްލާހު ކުރަން ޖެހޭ ކަމަށް ބުނެ، އީލޮން މަސްކް ޓުވިޓަ ގަންނަން ހުށަހަޅައިފިއެވެ.

އޭނާ ވަނީ ޓުވިޓާ ގައި ހުރި އޭނާގެ ހިއްސާގެ އިތުރުން ދެން ހުރި ހުރިހާ ހިއްސާއެއް، ހިއްސާ އަކަށް 54.20 ޑޮލަރުގެ ރޭޓުން ގަތުމަށް ހުށަހަޅާފަ އެވެ. އެއީ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހު ލިބުނު އަގަށްވުރެ 38 އިންސައްތަ ޕްރިމިއަމް އިތުރު އަދަދެކެވެ.

މަސްކް ވިދާޅުވީ، މި ހުށަހެޅުމަކީ ޓްވިޓާގެ ވިޔަފާރި ފުޅާކޮށް އެއިން ނަފާ ހޯދަން ކުރިކަމެއް ނޫން ކަމަށާއި، ޓްވިޓާއަކީ އަދި ވެސް ޑިމޮކްރަސީއަށް އިތުބާރު ކުރެވޭ ޕްލެޓްފޯމެއްކަން ކަށަވަރު ކުރުމާ ބެހޭ ހުށަހެޅުމެއް ކަމަށެވެ.

މުސްކް ވިދާޅުވީ މިއީ ފައިސާ ހޯދަން އޮތް މަގެއް ނޫން ކަމަށެވެ. އަދި އޭނާގެ އަމާޒަކީ، ތަހުޒީބުގެ މުސްތަޤްބަލަށްޓަކައި، އެންމެ އިތުބާރު ކުރެވޭ އަދި ފުޅާ ދާއިރާއެއްގައި ޝާމިލުވާ ޕަބްލިކް ޕްލެޓްފޯމެއް އޮތުންކަމަށާއި އެއީ ވަރަށް މުހިންމު ކަމަކަށްވާތީ އެއަމާޒަށް ވާސިލް ވާން ބޭނުންވާ ކަމަށެވެ.

ޓެސްލާ އާއި ސްޕޭސް އެކްސްގެ ސީއީއޯ މަސްކް ވިދާޅުވީ ޓްވިޓާގައި މިނިވަން ހިޔާލަށް އެކަށީގެންވާ ވަރަށް ޖާގަ ނުލިބޭ ކަމަށް ވާހަކަ ދެކެވޭ ކަމަށެވެ.  އޭނާ ވިދާޅުވީ ޓްވިޓާއިން އެ ކުންފުނީގެ ކޮންޓެންޓް މޮޑަރޭޝަން ނިންމުންތަކުގައި ޓްރާންސްޕޭރެންސީ އިތުރު ކުރުމަށް އެ ކުންފުނީގެ އެލްގޮރިދަމް އޯޕަން ސޯސް ކުރަން ޖެހޭ ކަމަށެވެ. އެއީ ޓްވިޓާ އޮޕަރޭޓް ކުރާ ގޮތްގަނޑަށް ބޮޑު ބަދަލެއް އަންނާނެ ކަމެކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ގިޓްހަބްގައި ކޯޑު އޮންނަން ވާނެ. އޭރުން މީހުން އެ ކޯޑު ބަލާފައި މީހުން ބުނާނެ މައްސަލައެއް އުޅެންޏާ އުޅޭ ކަމަށް. އެމީހުން އެއްބަސް ނުވަންޏާ ނުވާ ކަމަށް. މައްސަލަތަކަށް އަލިއަޅުވާލެވިދާނެ. ބަދަލުތަކެއް ގެންނަން ލަފާދެވިދާނެ،" މުސްކް ފާހަގަ ކުރެއްވި އެވެ.

ޓްވިޓާގެ ކޮންޓެންޓް މޮޑަރޭޝަން ބަދަލުކުރާނީ ކިހިނެއްތޯ ސުވާލު ކުރުމުން މަސްކް ވަނީ މިނިވަން ކަމާއެކު ވާހަކަ ދެއްކުމުގެ އުސޫލުތަކަށް ޕްލެޓްފޯމެއް ތަބާވާތޯ ބެލުމަށް އޭނާ ކުރި ޓެސްޓަކީ ވަރަށް އާދައިގެ ޓެސްޓެއް ކަމަށެވެ. 

"ނުރުހޭ އެއްޗެއް ބުނުމުގެ ހުއްދަ އެބައޮތްތަ؟" ތަފްސީލުކޮށްދިނެވެ.  "އެހެންކަމަށްވާނަމަ، އަޅުގަނޑުމެންނަށް މިނިވަން ހިޔާލަށް ޓުވިޓާގައި ޖާގަ އެބައޮތް!"

މަސްކް ބުނީ ޓުވީޓަކީ ކޮންޓްރޮވާޝަލް ޓުވީޓަކަށް ވާނަމަ، އެ ޓުވީޓެއް ކުންފުނިން ޕްރޮމޯޓް ނުކޮށް ބޭއްވިދާނެކަމަށެވެ. އަދި ބައެއް އެއްޗެހި ޑިލީޓް ކުރުމުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށާއި، ދާއިމީކޮށް ކަންކަން މަނާ ކުރުން ރަނގަޅު ނޫން ކަމަށެވެ.

މަސްކު ބުނީ އޭނާ ޓުވިޓާ ގަތަސް މައްސަލަތައް އުޅޭނެ ކަމަށެވެ. އެހެންނަމަވެސް މައސަލަތައް ކުޑަ ކުރާނެ ކަމަށާއި އަދި ޓުވިޓަ ގަތުމަށްފަހު އޭގެ ފުރިހަމަ ޒިންމާ ނަގާނީ އޭނާ ކަމަށް މަސްކު ބުނެއެވެ.

މަސްކު ބުނީ ޓުވިޓާ ނުލިބިއްޖެނަމަ އެހެން އިތުރު ބެކަޕް ޕްލޭންތައްވެސް އެބަހުރިކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް