ads
ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާދިން ރޭ——
ހިއުމަން ރައިޓްސް ވޮޗުން ފާހަގަ ކުރީ ގިނަ ކަންކަމުގައި މި ސަރުކާރު ފެއިލްވެފައިވާކަން!
ގިނަ ވައުދުތަކެއް ފުއްދުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ފެއިލްވެފައިވާކަން ފާހަގަކޮށް ހިއުމަން ރައިޓްސް ވޮޗުން ރާއްޖެއަށް ފާޑުކިޔައިފި އެވެ.
Advertisement

އެ ޖަމިއްޔާއިން މިއަދު ނެރުނު "އައި ކުޑް ހޭވް ބީން ނެކްސްޓް": ސްޓައިމީޑް ރިފޯމްސް އިން ދަ މޯލްޑިވްސް،" ގައި ބުނެފައިވާގޮތުން، ރައީސް ސޯލިހުގެ ޒައާމަތުގެ ދަށުން ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދެވިފައިވީނަމަވެސް، ގެންނަންޖެހޭ މުހިންމު އެހެން ބަދަލުތައް ގެނައުމުގައި ވަނީ ފަރުވާކުޑަކޮށްލާފަ އެވެ. 

އެގޮތުން ސަރުކާރަށް ފާޑުކިޔާ މީހުންނާއި، ނޫސްވެރިންނާއި މެދު އަނިޔާވެރިވުމަށް ގޮވާލާ ގުރޫޕްތަކުގެ ބާރު  އަދުލުއިންސާފުގެ ނިޒާމަށް ފޯރުވުމުގެ ބާރު ލިބިދީފައިވުމުން އެ ނިޒާމު ބަލިކަށިވެފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޖުމްލަ 56 ސަފުހާގެ އެ ރިޕޯޓުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ރައީސް ސޯލިހުގެ ފަސް އަހަރުގެ ދައުރު މެދަކާއި ހަމަޔަށް ފޯރާފައިވާއިރު، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދައިދިނުމަށް ޖިނާއީ އަދުލުގެ ނިޒާމަށް ގެންނަން ރިޔާސީ އިންތިހާބުގައި ވެފައިވާ ވައުދު ނުފުއްދި އޮތް ކަމެވެ.

“ބަސް ބުނުމުގެ މިނިވަންކަމާއިި، މީޑިއާގެ މިނިވަންކަމަށް އޮތް ހުރަސްތައް ސަރުކާރުން ކުޑަކޮށްފައިވާތީ، ރިޕޯޓަރުން ބުނަނީ އެމީހުންގެ ވަޒީފާގެ ޒިންމާ އަދާކޮށްގެން ކުށްވެރިވުމާއި ޖޫރިމަނާ ވުމުގެ ބިރުވެެރިކަން މިހާރު ނެތްކަމަށް. ނަމަވެސް ވަރުގަދަ ދީނީ ހަރުކަށި ގުރޫޕުގެ ނުފޫޒު ވަރަށް ބޮޑަށް ސަރުކާރަށް ފޯރާ”އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ދިރިއުޅެމުންދާ ދިވެހިންނާއި، ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ދިވެހިން ހިމެނޭގޮތަށް ހިއުމަން ރައިޓްސް އިން ވޮޗުގެ އެ ރިޕޯޓަށް ނަގާފައިވާ 26 އިންޓަވިއުއަކާއި ހަވާލާދީ ބުނެފައިވަނީ، އެ އިންޓަވިއުތަކުން ފާހަގަވީ ވަކިވަކި މީހުންނަށް ޓާގެޓުކޮށްގެން ދޭ ހަމަލާތަކަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރު ފެއިލުވެފައިވާ މިންވަރު ކަމަށެވެ.

އެފަދަ ހަމަލަތަކުގެ ގޮތުގައި އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެވެ. އެ ހަމަލާއަކީ “ލާދީނީ މީހެއް” ކަމަށް މާ ކުރިންސުރެ އެމަނިކުފާނު ސިފަކުރާ ސިފަކުރުމުގެ މައްޗަށް ދީނީ ހަރުކަށި އަދި ހައްދުފަހަނަ އަޅާފައިވާ ގުރޫޕުތަކުން ދީފައިވާ ހަމަލާއެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އެފަދަ އެހެން ހަމަލާތަކުގެ ތެރޭގައި ފާހަގަކޮށްފައިވާ ފަރާތްތައް

  1. 2012ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަރަށް ވަޅިން ދިން ހަމަލާއަކުން ސަލާމަތްވި ނޫސްވެރިޔާ އަދި ބްލޮގަރު އިސްމާއިލް ހިލާތު ރަޝީދު
  2. 2012ވަނަަ އަހަރުގެ އޮކްޓޫބަރު މަސްތެރޭ އަނިޔާވެރިކޮށް މަރާލި ދީނީ އިލްމްވެރިޔާ އަދި މެމްބަރު ޑރ. އަފްރާޝިމް އަލީ
  3. 2014ވަނަ އަހަރު ރަހީނުކޮށް ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާން
  4. 2017 ވަނަ އަހަރު އަނިޔާވެރިކޮށް މަރާލި ބްލޮގަރު ޔާމީން ރަޝީދު

އެއިން އެއްވެސް މަރަކަށް އަދި ހަމަލާގެ ޝިކާރައަކަށް ވި މީހުންނަށް މިހާތަނަށް މި ސަރުކާރަށްވެސް އިންސާފު ހޯދާދެވިފައި ނުވުމުން ދޭހަކޮށްދެނީ އަސާސީ ހައްގުތައް ކަށަވަރުކޮށްދެވިފައި ނުވާކަމާއި، އެފަދަ ފަރާތްތައް ޖަވާބުދާރީ ކުރުވުމުގައި ފެއިލްވެފައިވާކަން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އަަދި އެއިން ކޮންމެ މަރެއްގެ ފަހަތުގައި ތިބީ ދީނީ ހަރުކަަށި ގުރޫޕުތަކާއި، ގޭންގުތައްކަން ފާހަގަކޮށް ރިޕޯޓުގައި ބުނެފައިވަނީ، އެއިން ދޭހަވަނީ އެފަދަ ފަރާތްތަކަށް ސިޔާސީ ބާރުވެރިކަން އޮތް މިންވަރުކަމަށެވެ. އަދި ދީނީ މިނިވަންކަމުގެ ދިފާއުގައި ވާހަަކަ ދައްކާ ކޮންމެ މީހަކީ އެމީހުންގެ ޝިކާރައަށް ވެގެންދާ ބައެއް ކަމަށް ބުނެފައިވެއެވެ.

މިފަދަ މީހުން ތިބެނީ ސިޔާސީ ބާރުގަދަ ލީޑަރުންގެ ފަހަތުގައި ހިމާޔަތް ލިބިގެން ކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް