ads
ހިޔާ ފްލެޓް
ހިޔާފްލެޓްގެ ލިފްޓެއްގައި ބަޔަކު ތާށިވެ އެއްގަޑިއިރު!
ހިޔާ ފްލެޓްގެ ލިފްޓެއްގައި މިރޭ ބަޔަކު ތާށިވެ އެއްގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަ ކުރަން ޖެހިއްޖެއެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯ އަކުން ފެންނަ ގޮތުގައި ތާށިވި މީހުންގެތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

އެވީޑިއޯއިން ފެން ގޮތުގައި ކުޑަ ކުދިން ރޯއަޑު އިވެއެވެ. އަދި ކުއްޖަކު ލިފްޓުން ނެރޭ މަންޒަރު ފެނެއެވެ.

މީހުންތައް ތާށިވީ ހިޔާ ފްލެޓްގެ އެޗް9 ގެ ލިފްޓެއްގައެވެ. ތާށިވީ ނުވަވަނަ ފަންގިފިލާއާ ހަމައިންނެވެ.

ހިޔާ ފްލެޓަކީ ގިނަ މައްސަލަތަކެއް ހައްލު ނުވެ ހުރި ތަނެކެވެ. އެގޮތުން އެތަނުގެ ކުނީގެ މައްސަލަ އާއި ސެކިއުރިޓީ އާއި ކަރަންޓުގެ މައްސަލަ ވެސް ދޭތެރެ ދޭތެރެއިން ޖެހެއެވެ.

އަދި ފްލެޓްތަކުގެ ކުލި ކުޑަކޮށް ނުދީގެންވެސް ހިޔާ ޔޫނިއަނުން ދަނީ ޝަކުވާ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް