ads
މޭޔަރު ކަމަށް އުމަރު ނިކުންނަ ވާހަކަ ދޮގުކޮށްފި
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މާލެސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މާލެސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.

އުމަރު މާލެސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި އެ ވާހަކަ ރިޕޯޓުވެސް ކޮށްފައިވެއެވެ. އެގޮތުން އުމަރު މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ބައެއް ދީނީ އިލްމުވެރިން ބާރު އަޅުއްވަމުން ގެންދަވާ ކަމަށްވެއެވެ. މާލޭ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލަކީ އުމަރު ކަމަށް ބުނެ، އުމަރު ނަސީރު މާލޭގެ މޭޔަރުކަމަށް ނެރުމަށް އެފަރާތްތަކުން ދަނީ މަސައްކަތްކުރަމުން ކަމަށްވެސް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

މިކަމާއި ގުޅިގެން އުމަރު ވިދާޅުވީ އޭނާ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އުމަރަކީ ގޭންގް ކުށްތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހަރުކަށި ވިސްނުންތަކެއް ގެންގުޅުއްވާ ބޭފުޅެކެވެ. އަދި މިވަގުތު އިދިކޮޅު ސިޔާސީ ހަރަކާތް ހިންގަން އެންމެ އެކަށީގެންވާ ބޭފުޅަކީވެސް އުމަރުކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް