ads
ޝާލް
ބާލީސް ބޭނުން ކޮށްގެން ފެށި "ބޫޓް ކޭމްޕް" ރާއްޖެއިން ބޭރަށް!
ކަސްރަތާއި ދުޅަހެޔޮ ސިއްހަތަކީ ކޮންމެ މީހަކަށް ވެސް ބޭނުންތެރި އެކައްޗެކެވެ. ދިރިއުޅުމަށާއި ދިރި ހުރުމަށް ވެސް ކަސްރަތަކީ އެންމެ މުހިންމު އެކައްޗެވެ. ނަމަވެސް ދިރިއުޅުމުގެ ބައެއް ވައްޓަފާޅިތައް ހުންނަ ގޮތުން ދިވެހިން ތިބީ ކަސްރަތަށް އެހާ ބޮޑަށް ހޭނިފައެއް ނޫނެވެ.
Advertisement

މީގެ 14 އަހަރު ކުރިން ކަސްރަތު އިންސްޓްރަކްޓަރެއްގެ ގޮތުގައި، އުޅެމުން އައި މ. ތާއިފް ޝާމިލާ އަހްމަދު (ޝާލޫ) ބުނީ ކޮވިޑާ ހެދި ކަސްރަތު ނުކުރެވި ގޭގައި ތާށިވެފައިވާ އެތަކެއް އަންހެނުންނަށް ނިމިދިޔަ ދެ އަހަރު ދުވަސް ތެރޭގައި އޭނާ ވަނީ އެ ކަނބަލުންނަށް ކަސްރަތު ކުރެވޭނެ މަގެއް ކޮށަލައިދީފަ ކަމަށެވެ.

މާލެ އަށް އުފަން ޝާލޫ އޭނާގެ ބޫޓް ކޭމްޕް ތައާރަފް ކުރި ވާހަކަތައް "ސީއެންއެމް" އަށް ކިޔައިދެމުން ބުނީ ކޮވިޑް ހާލަތުގައި ގޭބަންދުގައި، ކުރާނެ މާބޮޑު ކަމެއް ނެތި އުޅެން ޖެހުނު ހިސާބުން ޝާލޫގެ ވިސްނުމަށް އައީ ފިޓްނަސް ރަނގަޅު ޕޮރޮގްރާމެއް ހިންގުމަށް ކަމަށެވެ.

އެގޮތުން ބޫޓް ކޭމްޕް ތައާރަފް ކޮށް ހަތަރު ބައިވެރިންނާ އެކު، އޮންލައިން ކޮށް ފެށި ކަސްރަތު ކުލާހުން ބަރުދަން ލުއި ކުރުމުގެ އެ ދަތުރު، މިއަދު ކުރިއަށް ގޮސްފައި ވަނީ ހީ ވެސް ނުކުރާހާ ބާރު މިނެއްގަ ކަމަށް އޭނާ ބުންޏެވެ.

"ބޫޓްކޭޕް ފަށައިގެން އުޅުނު ދުވަސްވަރު ދިމާވި އެންމެ ބޮޑު ގޮންޖެމަކީ ކޮވިޑްގެ ދުވަސްވަރު ކަމުން ބޭނުންވާ ސާމާނު ނުލިބުން. ދެން ޝާލޫ ވިސްނީ އަމިއްލަ ގެއިން ލިބޭ އެއްޗެހި ބޭނުން ކޮށްގެން ކުރިއަށްދާން. ކުނިކަހާ ފިހިގަނޑުގެ ދަނޑި ގަނޑާއި ބާލީހާއި، ތުވާއްޔާއި، ފެންފުޅި ފަދަ އެއްޗެހި ބޭނުން ކުރީ،" ޝާލޫ ބުުންޏެވެ.

މި ކޭމްޕު ފަށައިގަތީ 2020 ވަނަ އަހަރު ޖޫން މަހުގެ ކުރީކޮޅުގައި ކަމަށާއި، ހަތަރު ބައިވެރިންނާ އެކު ފެށި މި ކޭމްޕް މީހުންނާ ހަމަޔަށް ފޯރުކޮށްދޭން އޭރު ބޭނުން ކުރީ، ފޭސްބުކު އިންސްޓާގްރާމް ކަމަށެވެ. އޭގެ ފަހުން ސެޝަންތައް ކުރިއަށްގެންދިޔައީ އޭނާއަށް ލިބިފައިވާ 14 އަހަރުގެ ތަޖުރިބާގެ އަލީގައި ލިބިފައިވާ ހުނަރެއް ބޭނުންކޮށްގެން ކަމަށް ޝާލޫ ބުންޏެވެ.

މިހާރު މި ކޭމްޕު ފުޅާވެ ރާއްޖޭގެ އެކި އަތޮޅު ތަކުގައި ވަރަށް ގިނަ ކަނބަލުން ބައިވެރިވެފައިވާ ކަމަށާއި، އެގޮތުން، ބ. މ. ސ. އަދި އ އަތޮޅުގެ ރަށްރަށުގެ އަންހެނުން ހިމެނޭ ކަމަށް އޭނާ ބުންޏެވެ. ލަންކާ އާއި އިންޑިއާގެ އިތުރުން މެލޭޝިއާ އަދި ޔޫކޭގައި ދިރި އުޅޭ ދިވެހިން ވެސް ދިވެއްސަކު ހިންގާ ކޭމްޕަކަށް ވުމުން ބޫޓް ކޭމްޕުގައި ބައިވެރިވާ ކަމަށް ޝަލޫ ބުނެއެވެ.

"މި ޕޮރޮގުރާމްގައި ބައިވެރިވުމަށް އެދޭ ކުދިން ޝާލު އަށް ގުޅީމަ ޝާލޫ ފުރަތަމަ އެ ކުއްޖާ ދެނެ ގަންނާނީ. ފުރަތަމަ ވެސް ބަލަނީ ކެއުން ހުންނަނީ ކިހިނެއްތޯ. ނިދުން ބެހެއްޓެނީ ކިހިނެއްތޯ. އާދަތައް ދެނެގަންނަނީ. ޑައިޓް ޕްލޭނެއް ފުރަތަމަ ނުދެން. ހުރިހާ ކަމެއް ބެލުމަށް ފަހު ދެން ކިޔައިދެނީ ކުރިއަށްދާންވާ ގޮތާއި ދިރިއުޅުމުގައި ގެންގުޅޭ ވައްޓަފާޅިއަށް ބަދަލު ގެންނާނެ ގޮތް. މީހަކު ހިތަށް އަރާފާނެ ހަމަ އެކަނި އެކްސަސައިޒު ކޮށްގެންނޭ ހިކޭނީ. އެހެންނެއް ނޫން. ކެއުމަކީ 20 އިންސައްތަ 80 އިންސައްތަ އަކީ ތިމާ އުޅޭގޮތް. އެއްމެ ބޮޑު ކާމިޔާބީ އަކީ އަހަރެއްގެ ތެރޭގައި ގިނަ ބައިވެރިން އެބަ ލޫސްކުރޭ 23 ކިލޯ. ހަ މަހުން 15 ކިލޯ،" ބޫޓް ކޭމްޕްގެ ކާމިޔާބީ ތައް ކިޔައި ދެމުން ޝާލޫ ބުންޏެވެ.

your imageޝަލޫގެ ބޫޓް ކޭމްޕް ބައިވެރިއެއް، ކަސްރަތުން ރީތި ހަށިގަނޑަކާއެކު...

ޝާލޫ ގަބޫލު ކުރަނީ ބޫޓްކޭމްފްގައި ބައިވެރިވާ ކުދިނަށް އެހާ ބޮޑު ކުރި އެރުމެއް ލިބެމުން އެ ދަަނީ  ލައިފް ސްޓައިލަށް ގެންނަ ބަދަލުގެ ސަބަބުން ކަމަށެވެ. 60 ކިލޯއިން ފަށާ ކުދިން 50 ކިލޯ އަށް، ނުވަތަ 80 ކިލޯ އިން 60 ކިލޯ އަށް ލުއި ވުމަކީ ޝާލޫ ގަބޫލު ކުރާ ގޮތުގައި ވަރަށް ބޮޑު ކާމިޔާބީއެކެވެ.

your imageޝަލޫގެ ބޫޓް ކޭމްޕް ބައިވެރިއެއް، ކަސްރަތުން ރީތި ހަށިގަނޑަކާއެކު...

އަތޮޅު ތެރެއިން ސަޕޯޓް ލިބިއްޖެ ކަމުގައިވާ ނަމަ މިހާރު ޝާލޫގެ ވިސްނުން ހުރީ ކުރިއަށް އޮތްތާގައި، އަތޮޅު ތެރެއަށް ގޮސްގެން ވެސް ކުލާސްތައް ނަގާށެވެ. ފެނިގެން ފޭސްޓު ފޭސް ކުރިއަށްގެންދާ ޕްރޮގުރާމްތައް ވެސް މުހިންމުވާނެކަމަށް އޭނާ ބުންޏެވެ.

ކޮންމެ މަހަކު ވެސް ބޫޓް ކޭމްޕްގެ ބައިވެރިންގެ އަތުން ފީއެއްގެ ގޮތުގައި ނަގަނީ އެންމެ 600 ރުފިޔާ އެވެ ކުރިއަށް އޮތްތާގައި އެ އަދަދަށް ބަދަލެއް އަންނާނެކަމަށް އޭނާ ނުދެކެވެ. އަބަދު ވެސް ބޭނުން ވަނީ އަގު އެއްވަރެއްގައި ހިފަހައްޓަން ކަމަށް ޝާލޫ ބުންޏެވެ.

"ގިނަ ކުދިން ގެންގުޅުނީމަ ބައެއް މީހުން ހީކޮށްފާނެ ޝާލޫ އަށް އެއްވެސް ކުއްޖަކަށް އަޅާނުލާނެ ކަމަށް. އަޅުގަނޑާ އެއްކޮށް ވޯކް ކުރާ ކޮންމެ ކުއްޖަކަށް ވެސް ޔަގީން ކަން ދެން ދުވާލު މެސެޖު ކުރިޔަސް ރޭގަނޑު މެސެޖު ކުރިޔަސް ފަތިހު ކުރިޔަސް ޝާލޫ ބަލާނެ ރިޕްލައި ކުރެވޭތޯ. ވީހާވެސް އަވަހަކަށް ޖަވާބު ދެވޭތޯ،" ޝާލޫ ބުންޏެވެ.

މި ބޫޓް ކޭމްޕްގައި ޝާލޫ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ 80 ކިލޯ ހުރި ބައިވެރިއެއްގެ ބަރުދަނުން އަހަރެއްގެ ތެރޭގައި 23 ކިލޯ ލުއިކޮށްލުން ކަމަށެވެ.

"80 ކިލޯ ހުރި ބައިވެރިއެއްގެ ގައިން 23 ކިލޯ ލުއި ކުރީމަ ޝާލޫ އެކަމާ ވަރަށް ޕްރައުޑްވޭ. އެއީ ބޫޓް ކޭމްޕް ތައާރަފްވި ފަހުން ލިބުުނު އެންމެ ބޮޑު ކާމިޔާބީ އަކީ. ދެން ބައިވެރިއަކު ލޫސް ކުރީ ހަ މަހުން 15 ކިލޯ. އެކަމާ ވެސް ޝާލޫ ވަރަށް އުފާވޭ" ޝާލޫ ބުންޏެވެ.

ކުލާސް އޮންނަގޮތް ކިޔައިދެމުން ޝާލު ބުނީ ކުލާސް ފެއްޓުމުގެ އެއް ގަޑި އިރު ކުރިން ކުލާހަށް ބޭނުންވާ ސާމާނު ހަމަ ކުރުމަށް ބުނާ ކަމަށާއި، އަބަދު ވެސް ގަޑިއަށް ކުދިން ރެޑީވެގެން އަންނަނީ އެއްޗެހި ހަމަކޮށްގެން ކަމަށެވެ. ބިޒީވެގެން ނަމަވެސް ކުލާހުގައި ބައިވެރި ނުވެވިއްޖެ ކަމުގައިވާ ނަމަ ޝާލޫ ބުނީ ކުލާސް ރިކޯޑިން ޝާލޫ އެކުއްޖަކަށް ފޮނުވާ ކަމަށެވެ. 

ޝާލޫގެ ބޫޓް ކޭމްޕާ ގުޅުމަށް ބޭނުވާ ފަރާތްތަކަށް ބޫޓް ކޭމްޕު ވަނީ ހުޅުވިފައި ކަމަށް އޭނާ ބުންޏެވެ. ދިރި އުޅުމުގެ ވައްޓަވާޅި އާއި ގޭ ތެރޭގައި ކަންތައް ހުންނަ ގޮތުން ބޭރަށް ނުދެވޭ އަންހެން ކަނބަލުންނަށް، ހާއްސަ މި ކުލާހުގައި، ޝާލޫ އާ އެކު ތަޖުރިބާކޮށްލަމާ ހިނގާށެވެ. އޭރުން އެ ކްލާހުން ތިމާގެ ހަށިގަނޑަށް ކޮންމެ ވެސް ވަރެއްގެ ލުއެއް ލިބި މީހާއަށް ނަލަ ދައްކާލެވިދާނެ އެވެ.

ބޫޓް ކޭމްޕް އާ ބެހޭ ކުރު ހުލާސާއެއް: (ޝާލޫ ދި ޓްރައިނާ)

މި ވާޗުއަލް ކްލާސްތަކުގެ ބޭނުމަކީ ކޮންމެ ތާކު ހުރި ނަމަވެސް ރަނގަޅު ކޯޗެއްގެ އެހީތެރިކަން ދިނުން. 

ބޫޓް ކޭމްޕާ ގުޅުމަށް ނަމްބަރު: 7799773  

ވީހާ ވެސް ގިނަ ބަޔަކަށް ރީޗްއައުޓް ކުރުން.

76%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް