ads
ހިޔާ ފްލެޓް
އޮޑިޓް ރިޕޯޓަކީ ސިޔާސީ ރިޕޯޓެއް، 5600އަށް ފްލެޓް ދީގެން ފައިދާވެސްވާނެ: މުއިއްޒު
އޮޑިޓް ރިޕޯޓަކީ ސިޔާސީ ރިޕޯޓެއް ކަމަށާއި 5600 ރުފިޔާއަށް ފްލެޓް ކުއްޔަށް ދީގެން ސަރުކާރަށް ފައިދާވެސް ވާނެ ކަމަށް މާލޭ ސިޓީ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ސީއެންއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ އެއަގަށް ކުއްޔަށް ދޫކޮށްގެން އެޗްޑީސީއަށް ފައިދާވެސް ވާނެ ކަމަށެވެ. އަދި ސަރުކާރުން އެއްވެސްވަރަކަށް ސަބްސިޑައިޒް ކުރާކަށްވެސް ނުޖެހޭނެ ކަމަށެވެ.

"އެއްވެސް ސަބްސިޑައިޒެއް ކުރާކަށް ނުޖެހޭނެ. އެޗްޑީސީން ނަގާފަ ހުރި ލޯންގެ އިންޓަރެސްޓް ޕޭ ކޮށްފަ، ކޮސްޓް އޮފް ފައިނޭންސް ޕޭކޮށްފަ. އެތަނުގެ ކޮންސްޓްރަކްޝަން ކޮސްޓާ، ފިނިޝިން ކޮސްޓާ، ލޭންޑް ކޮސްޓާ ހުރިހާ ކޮސްޓެއް ޕޭ ކޮށްފަ އެބޭފުޅުންނަށް ފީޒިބަލް ވާނެ އެއަގުތައް" ޑރ މުއިއްޒު ޔަގީންކަމާއެކު ވިދާޅުވިއެވެ. 

މުއިއްޒު ވިދާޅުވީ އޮޑިޓް ރިޕޯޓަކީ ސިޔާސީ ރިޕޯޓެއް ކަމަށާއި، އެއީ މިސަރުކާރުން ބުނާ ވާހަކައަށް ޖަވާބު ދިނުމަށްޓަކައި ނެރޭ ރިޕޯޓެއް ކަމަށެވެ. 

"ދެން އޮޑިޓް ރިޕޯޓަކީ ސިޔާސީ ރިޕޯޓެއް. މިސަރުކާރުން ކުރަނީ އިހްލާސްތެރި މަސައްކަތެއް ނޫން. މިސަރުކާރުން ބޭނުންވަނީ އެކަމަކީ ރައީސް ޔާމީނުގެ ސަރުކާރުން ކުރި ކަމެއްވީމަ ރައްޔިތުންގެ މެދުގައި ނަފްރަތުއުފައްދައި، ރުޅިވެރިކަން އުފައްދައި އަގުވައްޓާލަން" މުއިއްޒު ވިދާޅުވިއެވެ.  

މުއިއްޒު ވިދާޅުވީ އަގުގެ މައްސަލައިގައި މިހާރުގެ ސަރުކާރަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެކަމަށެވެ. އަދި ފިނިޝިންއަށްވެސް ސާޅީހަކަށް މިލިޔަން ޑޮލަރު އޮތީ ހަމަޖައްސާފައި ކަމަށާއި، ރައްޔިތުންބޭނުންވާ ފަސް އޮޕްޝަނެއް ދީގެން އެ ބޭނުންވާ ގޮތަކަށް ތަން ނިންމައި ތަނޅުދަނޑި ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. 

"ވިހިއަހަރު ދުވަހަށް އަގު ހަދާފަ ވިހި އަހަރުތެރޭ އަގު ދައްކާ ނިމޭއިރު އެޗްޑީސީއަށް ފައިދާވެސް ވާ ގޮތަށް އިންނާނީ އަގު ހަދާފަ. އެހެންވީމަ އެދައްކާ ވާހަކަ އަކީ ސިޔާސީ ވާހަކަ" މުއިއްޒު ވިދާޅުވިއެވެ. 

ހިޔާ ފްލެޓްތަކުގެ މައްސަލައިގައި ހިޔާ ޔޫނިއަނުން ދަނީ އަގު ކުޑަކޮށްދިނުމަށް އެދި އެކި ގޮތްގޮތަށް މަސއްކަތް ކުރަމުންނެވެ. އަދި އެޗްޑީސީއަށް ވަނީ ހިޔާގެ އަހުލުވެރީންގެ ފަރާތުން ސިޓީތަކެއްވެސް ފޮނުވާފައެވެ. އެފްލެޓް ތަކުގެ މަސައްކަތް ކުރުމުގައި ދަތިތަކެއް ކުރިމަތިވަމުން ދިއުމާ ގުޅިގެން ސަރުކާރުންވަނީ ދެ ފަހަރެއްގެ މަތިން ގްރޭސް ޕީރިއަޑް އިތުރު ކޮށްދީފައެވެ. އެންމެފަހުން އިތުރުކޮށްދީފައިވަނީ ނިމުނު މާޗް މަހުގެ ނިޔަލަށެވެ. 

އޭގެފަހުން އެޗްޑީސީން ބުނީ ރަނގަޅަށް މީހުން ކުލިދައްކަމުން ދާ ކަމަށެވެ. އެހެން ނަމަވެސް ހިޔާ ޔޫނިއަނުން ބުނީ ގިނަ އަދަދެއްގެ ބަޔަކު ކުލި ނުދައްކާ ކަމަށެވެ. އެޔޫނިއަނުންވަނީ ކުލި ނުދެއްކުމަށްވެސް ގޮވާލައިފައެވެ. 

60%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް