ads
ށ. ފޯކައިދޫ——
64 މިލިއަން ހަރަދުކޮށްގެން ހަދާ ފޯކައިދޫ ބަނދަރުގެ 62 އިންސައްތަ މަސައްކަތް ނިމިއްޖެ
ށ. ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 62 އިންސައްތަ ނިންމާލައިފި އެވެ.

އެމްޓީސީސީން ބުނީ އެ ބަނދަރު މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ހަަތަރުވަނަ ޝިޕްމަންޓް ވެސް މިމަހުގެ 15ވަނަ ދުވަހު ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

ޖުމްލަ 64.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ އެމަޝްރޫއުގެ ދަށުން، 45,795 ކިއުބިކް މީޓަރުގެ ސަަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

އަދި 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަގެ ފަރާތުން އެމްޓީސީސީ އާއި އެ މަސައްކަތް ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެެވެ.

މަސައްކަތުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފެށީ  އެއަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް