ads
ރައީސް ސޯލިހާއި ބޮޑު ވަޒީރު މޯޑީ
އިންޑިއާއިން ހުށަހެޅި އުތުރު ތިލަފަޅުގެ ރިޕޯޓު ރިވުއުކުރަން ފަށައިފި
އުތުރުތިލަފަޅުގެ ރިޕޯޓު ރިވިއުކުރަން ފަށާފައިވާކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ހާމަކުރައްވައިފި އެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ މިއަދު އިންޑިއާގެ ޗީފް އޮފް ނޭވީ ސްޓާފް އެޑްމިރަލް ހަރީ ކުމާރް އާއި މިނިސްޓްރީ އޮފް ޑިފެންސް ގައި މިއަދު ބައްދަލުކުރައްވަމުންނެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަަހައްދު ބެލެހެއްޓުން އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. 

މާރިޔާ ވަނީ ދިވެހިރާއްޖޭގައި އަޅާ ޑޮކްޔާޑް ބަނދަރާއި، "ސިފަވަރު" ކޯސްޓްގާޑު ބަނދަރާއި ގުޅޭ ރިޕޯޓް ރިވިއުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަން ހާމަކުރައްވާފައެވެ. 

އުތުރު ތިލަފަޅު ޕްރޮޖެކްޓަށް "ސިފަވަރު" ގެ ނަން ދެވުނީ ކުރީގެ ރައީސް އަބްދުالله ޔާމިންގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. 

ދިވެހިރާއްޖެއާއި އިންޑިއާއި ދެމެދު 2021 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އުތުރުތިލަފަޅުގައި އަޅާ އަސްކާރީ ބަނދަރު ބަލަހައްޓައި، މެެއިންޓެއިންކޮށް ސަޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު ވަނީ އެއްބަސްވެފައެވެ. 

ނަމަވެސް މި އެއްބަސްވުމުގެ މައުލޫމާތު އެމްއެންޑީއެފުން ހާމަކުރުމަށް ވަނީ ދެކޮޅު ހަދާފައެވެ. އެ އެއްބަސްވުމުގައި "ކަންބޮޑުވާންޖެހޭ ކަމެއް ނެތް" ކަމަށް ސިފައިން ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުން ބުނެފައެވެ. 

"ދިވެހިރާއްޖެއަށް ބޭނުންޖެހިއްޖެ ކޮންމެ ހާލަތެއްގައި އިންޑިއާއިން ލިބެމުން އަންނަ އެހީތެރިކަމަށް އަޅުގަނޑު ޝުކުރުވެރިވަން. ކޮވިޑް 19 ގެ ތެރޭގައި އިންޑިއާގެ ނޭވީން ދިވެހިރާއްޖެއިން ބޭހާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދެއްވާފައިވާކަން އަޅުގަނޑު ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

your imageމިނިސްޓަރު މާރިޔާ އާއި ސަރުކާރުގެ އިސް އިދާރާތަކުގެ ވެރިން

އިންޑިއާގެ ކަނޑުގެ ލަޝްކަރުގެ އެންމެ އިސްވެރިއާ ދިވެހިރާއްޖެއަށް ކުރައްވަމުން މުގެންދަވާ ދަތުރުފުޅަކީ މިމަހު 17 ވަނަ ދުވަހުން ފެށިން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

މި ދަތުރުފުޅުގައި މިނިސްޓަރު މާރިޔާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ ވެސް ބައްދަލުކުރައްވާނެއެވެ.   

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް