ads
އިހަވަންދޫ ދަނޑުގައި ފީވެފައި ހުރި ޓާފް އަޅަނީ ފޮޓޯ/ އިހަވަންދޫ ކައުންސިލް
ފީވެފައިހުރި ކާޕެޓްތަކެއް އިހަވަންދޫ ދަނޑުގައި މިއަދު އަޅާތީ އިހްތިޖާޖަށް ނުކުންނަނީ!
ހއ. އިހަވަންދޫ ދަންޑުގައި ފީވެފައިހުރި ކާޕެޓްތަކެއް މިއަދު އަޅަން ތައްޔާރުވަމުންދާތީ އެކަމާ ދެކޮޅަށް އެރަށުގެ މީހުން ނުކުންނަން ތައްޔާރުވަމުން އެބަދެއެވެ.
Advertisement

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ހަވީރު އަޅަން ތައްޔާރުވަމުންދާ ކާޕެޓްތައް އެޅުމާ ދެކޮޅަށް ގިނަ ބަޔަކު ނުކުންނާނެއެވެ. 

އެރަށު ކައުންސިލުން ވެސް ބުނީ އެރަށަށް ފޮނުވާފައިވާ ކާޕެތްތައް މިހާރު ހުރީ ފީވެފައި ކަމަށެވެ. 

"އެއެއްޗެހި ހުރީ އުކާލާފައި. އޮޅާފައި ވެހޭހާ ވާރެއެއގައި. ދޭހާ އަތްވެއްގައި. ބެލެހެއްޓޔުމެއް ނެތި ހުރީ. މިހުސާބުގެ އެހެން ރަށްރަށުގައި އެޅި ކާޕެޓްވެސް މިހާރު ހުރީ ހަލާކުވެފައި. ވަރަށް ފޭކް ކާޕެޓެއް މީ. ކައުންސިލް މެންބަރު އަހްމަދު ރިލްވާން ވިދާޅުވިއެވެ. 

ޓާފްތައް ހަލާކުވުމުގެ އިތުރުން އޭގައިވަނީ ކަޓަރު ވެސް އަޅާފައެވެ. ޓާފް ތަކުގައި ކަޓަރު އަޅާފައި ވަނީ މީގެ ދެދުވަސް ކުރިންކަމަށް ލާފާ ކުރެވޭ ކަމަށް އިހަވަންދޫ ކައުންސިލުން ބުނެއެވެ.

ކައުންސިލް ރައީސް އަހުމަދު ސޮބާހު "ސީއެންއެމް" އަށް ވިދާޅުވީ ފުޓްބޯޅަ ދަނޑު ހަދަން ހަވާލު ކޮށްފައިވާ ކުންފުނި ކަމަށްވާ ވެލޯ ސިޓީން، ހަވާލު ކޮށްފައިވާ މީހުން މިއަދު ޓާފް އަޅަން ބެލި އިރު ޓާފްތައްވަނީ ކަޓަރެއް ޒާތުގެ ތޫނު އެއްޗަކުން ކަފައި، ހަލާކު ކޮށްފައެވެ.

ދަނޑު ވަނީ ސަބްބޭސް ހަދާ ނިންމާފައި ކަމަށާއި، މިއަދު އެ ކުންފުނިން މަސައްކަތް ކުރީ ޓާފް އެޅުމަށް ކަމަށެވެ. ނަމަވެސް ބެލި އިރު ޓާފް ތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކު ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

your imageއިހަވަންދޫ ދަނޑުގައި އަޅަން ބަހައްޓާފައި ހުރި ޓާފް ތަކުގައި ބަޔަކު ކަޓަރު އަޅާ ކޮށްފަ: ފޮޓޯ/ އިހަވަންދޫ ކައުންސިލް 

އޭނާ ވިދާޅުވީ ދަނޑުގައި ޓާފް އެޅުމަށް ގެނެސްފައިވާ  ޓާފް އަތްވާއި ވާރޭގައި ހުންނަތާ އަހަރެއްހާ ދުވަސް ވެދާނެ ކަމަށެވެ. 

"ދަނޑު ހަދަން އެ ކުންފުންޏާ ހަވާލުކޮށްފައިވާތާ އެތަކެއް ދުވަހެއް ވެއްޖެ. މަސައްކަތް ވަރަށް ބޮޑަށް ލަސްވެ ޓާފްވެސް ހުރީ އަވީގައި. ސާދަމަސްވެދާނެ " ސޮބާހު ވިދާޅު ވިއެވެ.

އަދި މި ފަހުން ކައުންސިލްގައި ބޭއްވި ދެ ބައްދަލުވުމެއްގައި ވެސް ޒުވާނުން އެ ގޮތަށް ޓާފް އަވީގައި ބަހައްޓާފައި ހުންނާތީ އެކަމާ ކަންބޮޑުވުން ފާޅު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ގޮތަށް އަހަރެއްހާ ދުވަސް ވަންދެން އަވީގައި ޓާފް ތައް ހުރުމުން ޓާފް ތައް ވަރަށް ބޮޑަށް ހަލާކުވެ ފީ ވެފައި އެހެރީ. ދަނޑުހަދާ ފަރާތުން މިއަދު ޓާފް އަޅަން ބެލި އިރު، ޓާފް ތައް ހުރީ ބަޔަކު ކަޓަރު ވެސް އަޅާފައި،" ސޮބާހު ވިދާޅު ވިއެވެ.

ދަނޑު ނުނިމި ލަސް ތަކެއް ވެފައިވާތީ ޒުވާނުން ކަންބޮޑުވެފައިވާ ދަނޑިވަޅުގައި ހިނގާފައިވާ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، އެފަދަ ކަންކަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ ރަނގަޅަށް ކައުންސިލުން ބަލާނެ ކަމަށްވެސް ސޮބާހު ވިދާޅު ވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް