ބޮޑުވަޒީރު އިމްރާންހާންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކޮށްފައިވަނީ 25 މާޗްގައެވެ. މިކަމާ ގުޅިގެން އިމްރާންހާން ވަނީ އިދިކޮޅު ލީޑަރު ޝަހްބާޒް ޝަރީފަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އިމްރާން ވިދާޅުވީ ޝަހްބާޒަކީ ހުޅަނގުގެ ވެރިންގެ ބޫޓު ފޮހެދޭން އޮންނަ މީހެއް ކަމަށެވެ.
އިމްރާން ބޭއްވި ރެލީއެއްގައި ވިދާޅުވީ ޝަހްބާޒު ހުޅަނގުގެ ވެރީންނަށް ބޯލަނބަންޖެހޭ ކަމަށް އޭނަ ގާތު ވިދާޅުވި ކަމަށެވެ. އަދި އެމެރިކާ ނުވަތަ ޔޫރަޕް މީހުން ބުނާގޮތަށް ހަދާނެ ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށެވެ. އިމްރާން ވަނީ ވަރަށް ބޮޑަށް ޝަހްބާޒަށް ފާޑު ވިދާޅުވެފައެވެ.
އެހެންނަމަވެސް އިމްރާން މިވަގުތު ގެންދަވަނީ އޭނާގެ ސިޔާސީ ހަޔާތުގެ އެންމެ އުނދަގޫ ދުވަސަތަކާ ކުރިމަތިލައްވަމަުންނެވެ.
ޝަހްބާޒު ވަނީ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި އިމްރާންގެ އަންހެނުންނަކީ ފަންޑިތަ ހަދާ މީހެއް ކަމަށް ވިދާޅުވެފައެވެ. އަދި ގައުމުގެ އެތައްބަޔަކު ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާއިރު އިމްރާންގެ ގޭގައި ފަންޑިތަ ހެދުމަށްޓަކައި އެތައް ކުކުޅެއް އަންދަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.
އިމްރާންގެ އަންހެނުން ބުޝާ ބީބީއަކީ ރޫހާނީ ކަންކަމުގެ ފަރުވާ ދޭ މީހެކެވެ. އިމްރާން ހާން އޭނާއާ ކައިވެނި ބައްލަވައިގަތީ ބޮޑުވަޒީރުކަން ލިބިވަޑައިގަތުމުގެ ހަމަސް ދުވަސް ކުރިންނެވެ.
ޝަހްބާޒު ވިދާޅުވީ އޭނާ އެވާހަކަތައް ދައްކަވަނީ ޒިންމާދާރުކަމާއެކުގައި ކަމަށެވެ.