މިކަމާއި ގުޅިގެން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ، މިއަދު އިރުއޮއްސި 18:30 ހާއިރު ކަނޑިތީމުން ކުޑަ ކުއްޖަކު ގެއްލިގެން ހޯދަމުން ދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން އެއް އަހަރުގެ ތުއްތު ފިރިހެން ކުއްޖެއް ކަމަށާއި، އެ ކުއްޖާ ފެނުނީ އެރަށު މޫދުގައި އޮތްވާ ކަމަށެވެ. އަދި މޫދުގައި އޮތްވާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެ ކުއްޖާ މަރުވެފައި ވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.