ads
ޒުވާނުންނަށް ގިނަ ފުރުސަތު ތަކެއް ހުޅުވާލަން އެއްބަސް ވުމެއްގައި ސޮއިކުރުން: ފޮޓޯ/ އެޗްޑީސީ
އެޗްޑީސީގެ ތަމްރީން ޕްރޮގްރާމުގައި މި ފަހަރު 100 ޒުވާނަކު ތަމްރީން ކުރަނީ
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުގެ 100 ޒުވާނުން ތަމްރީން ކުރުމުގެ އެއްބަސްވުމެއްގައި ޔޫތު މިނިސްޓްރީ އާއި ހައުސިން ޑިވިލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
Advertisement

އިއްޔެ އެޗްޑީސީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރި މި އެޕްރެންޓެންސިޕް ޕްރޮގްރާމުގެ މަގްސަދަކީ ކަނޑައެޅިފައިވާ ދާއިރާތަކުން ފަންނީ އަދި ގާބިލު މީހުން ބިނާކުރުމާއި، ގިނަ ދާއިރާތަކަކުން ގާބިލު ޒުވާނުން ބިނާކުރުމުގެ އިތުރުން ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްދިނުން ކަމަށް އެ ކޯޕަރޭޝަނުން ބުނެެއެވެ.

ހަ މަސްދުވަހުގެ މި ތަމްރީނު ޕްރޮގްރާމުގައި ތަމްރީނުކުރާ ދާއިރާ ތަކަކީ 

  • ވެލްޑިން
  • ޕްލަމްބިން
  • އިލެކްޓްރީޝަން
  • ކާޕެންޓްރީ
  • ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަނިން މެކޭނިކް
  • ކޮންސްޓްރަކްޝަން ސައިޓް ސްޕަވައިޒަރު
  • އެސިސްޓެންޓް ބިލްޑިން މެއިންޓަނެންސް އޮފިސަރު
  • މޭސަން
  • ގާޑެނާ
  • ހެވީ ވެހިކަލް އޮޕަރޭޓަރު

އެ ޕްރޮގްރާމަކީ ޒުވާނުން ތަމްރީން ކުރުމުގެ މިފަދަ ފަސް ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. މިއަހަރުގެ ތަމްރީން ޕްރޮގްރާމަގައި 100 ބައިވެރިންނަށް ފުރުސަތު ހުޅުވާނެ އެވެ. އަދި އެޗްޑީސީގައި އެ ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ 30 މުވައްޒަފަކަށް، ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

your imageޒުވާނުންނަށް ގިނަ ފުރުސަތު ތަކެއް ހުޅުވާލަން އެއްބަސް ވުމެއްގައި ސޮއިކުރުން: ފޮޓޯ/ އެޗްޑީސީ

އެގޮތުން ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތު ތަކެއް ހުޅުވަލައި، ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި މަސައްކަތުގެ މާހައުލުގައި ބިނާކުރެނެވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެ ޕްރޮގްރާމުގެ ޒަރިއްޔާއިން އެހީތެރިވެދޭނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެ ހަފްލާގައި ވާހަކަދައްކަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ 3000 ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ފަށާފައިވާ އަމާޒުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. ގައުމު ތަރައްގީ ކުރުމާއި، ގައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެޗްޑީސީއިން ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެ އެއްބަސްވުމުގައި، ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހްމަދު މަހްލޫފް އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް