މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައެންސް އެންޑް ޓެކްނޮލޮޖީގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، މި މަހުގެ އެކާވީސްވަނަ ދުވަހު އޮޑިޓް އޮފީހުންވަނީ އާއްމުކޮށްފައެވެ.
އެ ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ ކެޕިޓަލް ބަޖެޓުން ޚަރަދުކޮށްގެންނާއި އެހީގެގޮތުގައި ލިބޭ ހަރުމުދާ އަދި އެނޫން ގޮތްގޮތުން ދައުލަތަށް ލިބޭ މުދާ އަދި ކެޕިޓަލް ޚަރަދުގެގޮތުގައި ކުރެވޭ މަސައްކަތް ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނައިގެން ބަލަހައްޓަންވާނެކަމަށް ބަޔާންކޮށްފައި ވިޔަސް، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަ ށުން ހިނގަމުންދާ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ހަރުމުދަލާއި ހަރުމުދަލުގެ ރެކޯޑުތައް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބަލަހައްޓާފައި ނުވުމުގެ ސަބަބުން މިނިސްޓްރީގެ 2020 ވަނަ އަހަރުގެ "މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ ބަޔާން" ގައި، ހަރުމުދަލުގެ އަގުގެ ގޮތުގައި ހިމަނާފައިވާ ޖުމްލަ އަގުކަމުގައިވާ 657,202,169 ) އެއް ސަތޭކަ ސްދޮފަ ޅަ ސް ނުވަ މިލިއަން އްތައިސަދު ދެ ހާސް ހަ ސަތޭ ކަ ފަންސާސް ހަތެއް ފިޔާރު ) އަކީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައިހުރި ހަރުމުދަލުގެ ޙައްޞަ އަގުކަން ކަށަވަރު ކުރެވޭކަށް ނެތެވެ.
އެހެންނަމަވެސް އޮޑިޓް އޮފީހުން ދެކޭ ގޮތުގައި، މިނިސްޓްރީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ންއި 2020 ވަނަ އަހަރުގެ ބަޖެޓުން ޚަރަދުތައް ކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން އެ މިނިސްޓްރީއަށް ފާސްކޮށްދެއްވި ބަޖެޓުގެ މަޤުޞަދުތައް ޙާޞިލްވާ ގޮތަށް، އެ ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް، ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް، ޤާނޫނު ނަންބަރު ( 3/2006 ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއް ގޮތަށެވެ.
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ދެހާސް ނަވާރަވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި މިނިސްޓަރުގެ ކޮޓަރިކޮޅާއި އެތަނާއި ގުޅުވައިގެން ހަމަ އެޑިޒައިނާއި އެއްގޮތަށް ބްލޮކްބީ މަރާމާތު ކުރުމަށް ހަތްލައްކަ ރުފިޔާ ޚަރަދުކުރީ ގަވައިދާ ޚިލާފަށް ކަމަށް ބުނެފައިވެއެވެ.