ads
ލ. މެންދޫ
މެންދޫގައި އެއާޕޯޓެއް އަޅަން އަތޮޅު ކައުންސިލުން ދިރާސާ ކުރަނީ
ހައްދުންމަތީ މެންދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް ޓަކައި، ސްވޮޓް އެނަލިސިސްއެއް ހަދާދޭނެ ބަޔަކު ހޯދަން ލ. އަތޮޅު ކައުންސިލުން އިއުލާން ކޮށްފިއެވެ.
Advertisement

ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ސާވޭ ހަދައިދުމަށް ޝައުގުވެރިވާ ފަރާއްތަކުން އެކަމާއި ގުޅޭ މައުލޫމާތު ސާފު ކުރުމަށް އެދޭ ކަމަށާއި، އަދި މައުލޫމާތު ސާފު ކުރެއްވުމަށް ފަހު އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ 11:00 އަށް ބިޑް ހުށައެޅުމަށް އެދޭ ކަމަށެވެ. 

"ރިޕޯޓުގައި އިންޖިނިއަރިން އެސެސްމެންޓް އެންޑް އިވޮލުއޭޝަން ރިޕޯޓަކާއި އެންވަޔަރަމެންޓަލް އެސެސްމެންޓް ރިޕޯޓަކާއި ރިސްކް އެސެސްމެންޓް ރިޕޯޓެއްގެ އިތުރުން ބިޒުނަސް އެނަލިސިސް އެންޑް ފައިނޭންޝިއަލް އިވޮލުއޭޝަން ރިޕޯޓެއް ހިމަނަން ޖެހޭނެ." ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައި ވެއެވެ.

މިކަމާއި ގުޅޭ ގޮތުން އެރަށު ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ، މި މަޝްރޫއަކީ ސަރުކާރުގެ ތަރައްގީގެ ޕްލޭންތަކާއި ކައުންސިލްގެ ތަރައްގީގެ ޕްލޭންތައް އެއްގޮތް ކުރުމަށް ކުރެވޭ ދިރާސާއެއް ކަމަށެވެ. އަދި ސަރުކާރުން މެންދޫއާއި ކުނަހަންދޫ އަދި ހިތަދޫ ގުޅާލުމުގެ މަޝްރޫއެއް ކުރިއަށް ގެންދާއިރު، މެންދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމުން ސަރަހައްދުގެ ތަރައްގީގެ ޕްލޭން ފުރިހަމަވެގެން ދާނެ ކަމަށެވެ. 

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ، މި އެއާޕޯޓު އެޅިއްޖެނަމަ އެ ސަރަހައްދުގެ ހަތަރު ރަށަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.

ކައްދޫގައި މިހާރު އޮންނަ، ކައްދޫ އިސްކަންދަރު އެއާބޭސް އަކީ ރާއްޖޭގެ ޑޮމެސްޓިކު އެއާޕޯޓުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހުޅުވި ހިދުމަތް ދޭންފެށުނު އެއް އެއާޕޯޓުކަން ފާހަގަ ކޮށްލެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް