ads
ދަރިވަރުންތަކެއް އިމްތިހާނު ހޯލެއްގައި--
މި އަހަރުގެ އޯލެވެލް އިމްތިހާނުގައި ފަސް ހާހަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވާނެ
މި އަހަރުގެ އޯލެވެލް އިމްތިހާނުގައި 5000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވުމަށް ހަމަޖެހިފައި ވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މި އަހަރުގެ އޯލެވެލް އިމްތިހާނު ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ މެއި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. 

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި އަހަރުގެ އޯލެވެލް އިމްތިހާނުގައި ރާއްޖެއިން 5393 ދަރިވަރަކު ބައިވެރިވާނެ ކަމަށާއި، އޯލެވެލް އިމްތިހާނު ރާއްޖޭގެ 239 ސެންޓަރެއްގެ އިތުރުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައި އާއި އަދި މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވާ ދަރިވަރުން ވެސް ބައިވެރިވާނެ ކަމަށެވެ. 

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އިމްތިހާނު ހަދާ ސެންޓަރުތަކަށް ކަރުދާސްތައް ފޮނުވުމުގެ މަސައްކަތް ފަށާފައި ވާކަމަށާއި، މި މަހުގެ 29 ވަނަ ދުވަހާއި ހަމައަށް އެމަސައްކަތް ކޮށް ނިންމާލެވޭނެ ކަމަށެވެ. 

އޯލެވެލް އިމްތިހާނަކީ އާއްމުގޮތެއްގައި އޮކްޓޯބަރު - ނޮވެމްބަރުގައި ބާއްވަމުން އަންނަ އިމްތިހާނެކެވެ. ނަމަވެސް، 2020 ގައި ހަލުވިކަމާއެކު ފެތުރިގެންދިޔަ ކޮވިޑް-19ގެ ސަބަބުން، އިމްތިހާނުތައް ފަސްކުރުމަށް މަޖްބޫރުވުން، އެ އަހަރުގެ އިމްތިހާނު ބާއްވާފައިވަނީ 2021 ވަނަ އަހަރުގެ މޭ - ޖޫން މަހުގައެވެ. 

އެ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައިވަނީ 235 ސެންޓަރުން 5955 ދަރިވަރުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް