ads
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު
ނަޝީދަށް ޕްރައިމަރީގައި ވާދަ ނުކުރެވޭ ކަހަލަ ވާހަކަ އެއް!
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީން ކެންޑިޑޭޓަކު ނެރުމަށް ބާއްވާ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދު ވާދަ ކުރައްވާނެކަމަށް އިއުލާނު ކުރައްވާފައިވާއިރު، އެ ޕްރައިމަރީގައި ރައިސް ނަޝީދަށް ވާދަ ނުކުރެއްވޭނެކަމަށް ބުނެ ވާހަކަ ދައްކަން ފަށައިދފި އެވެ.
Advertisement

ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ޕްރައިމަރީއެއް ބާއްވަން ޖެހޭނެކަމަށް އެ ޕާޓީގެ އެއް ބަޔަކު ބުނަމުންދާއިރު އަނެއް ބަޔަކު ބުނަމުންދަނީ ޕްރައިމަރީ ބާއްވަން ނުޖެހޭނެކަމަށެވެ. ދެކަފި ވެފައިވާ މި މައުލޫގައި ޕްރައިމަރީ ބާއްވަން ނުޖެހޭނެކަމަށް ބުނެ ވާހަކަ ދައްކަނީ ރައީސް ސާލިހަށް ތާއިދު ކުރައްވާ މެމްބަރުންނެވެ. ރައީސް ނަޝީދުގެ ސަޕޯޓަރުން ބުނަމުންދަނީ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވަންޖެހޭނީ ޕްރައިމަރީއަކުން ކަމަށާއި ޕްރައިމަރީ ބާއްވަން ޖެހޭނެކަމަށެވެ.

ރިޔާސީ ކެންޑިޑޭޓުގެ ޓިކެޓް ލިބޭނެ ބޭފުޅަކު ކަނޑައެޅުމަށް ޕްރަެއިމަރީއެއް ބާއްވަން ޖެހޭނެކަމަށް ބުނެ ދެ ފެކްޝަނުން ވެސް ވާހަކަ ދައްކަމުންދާއިރު ދެ ފަރާތުން ވެސް ދަނީ ސަބަބުތައް ދައްކަމުންނެވެ. އެ ސަބަބުތަކުގެ ތެރޭގައި ބުރަ ދަން ހުރީ ކިހާވަރެއްތޯ މިއީ ވެސް ސުވާލެކެވެ. އެ ސުވާލު އުފައްދަމުން ދަނިކޮށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަ މަނިކު ވަނީ އެ ބަހުސް ތެރެއަށް ވަދެ ވާހަކަ ދައްކަވާފަ އެވެ.

މޫސަ ވިދާޅުވިގޮތުގައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީން ކެންޑިޑޭޓަކު ނެރުމަށް ޕްރައިމަރީއެއް ބޭއްވޭނީ 2012 ގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރު ބާތިލްކޮށްގެން ނެވެ.

މޫސަ ސީއެންއެމް އަށް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ "ޕާޓީގެ ރައީސަކު ވެރިކަމުގައި ހުރި ނަމަ އަދި އޭނާ ކުރިމަތިލާނަމަ ޕްރައިމަރީއަކާނުލައި ޓިކެޓް ދޭންޖެހޭ" ގަރާރު ބާތިލް ކުރަންޖެހޭ ކަމަށެވެ. 

މޫސަ މި ވާހަކަ ދައްކަވާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ވާދަ ކުރުމަށް އެޕާޓީގެ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ޕްރައިމަރީގައި ރައީސް ނަޝީދު ވާދަ ކުރައްވާނެކަމަށް ވިދާޅުވި ނަމަވެސް، އެމްޑީޕީގެ ގަވާއިދުތަކާއި އުސޫލުތަކަށް ހަވާލާދީ މޫސަ ދައްކަވަނީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަ ކުރައްވާނެކަމަށް ބުނާ ވާހަކަ އެކެވެ. އޭނާ އެ ވާހަކަ ދައްކަނީ މީގެ 10 އަހަރު ކުރިން އެމްޑީޕީން އިގުރާރުވެފައިވާ އިގުރާރެއްގެ ވާހަކަ އެވެ.

އެ ގަރާރު އެ ގޮތައް އޮތްހާ ހިނދަކު ރައީސް ނަޝީދަކަށް ކުރިމައްޗެއް ނުލެވޭނެ. ހަގީގަތުގައި މި ޕާޓީގައި ވާގޮތަކީ ރައީސް ނަޝީދު ވަކި ކަމެއް ބޭނުންވެއްޖެނަމަ ޕާޓީގެ އަސާސީ ގަވައިދާ ހިލާފުވިއަސް އެކަމެއް ބަދަލުކޮށްލަނީ. ޕާޓީގެ އެހެން މެންބަރުންގެ މަސްލަހަތައް ވެސް ބަލާލަން އެބަޖެހޭ- ރީކޯ މޫސަ

އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެޕާޓީގެ ރިޔާސީ ޕްރައިމަރީ އެއް ބާއްވަން ފާސްކޮށްފައިވަނީ އެޕާޓީގެ ގައުމީ މަޖިލީހުގެ އަގުލަބިއްޔަތުން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހުގަ އެވެ. 

ޕާޓިގެ ފަރާތުން ރިޔާސީ ރޭހުުގައި ރައީސް ނަޝީދު ވާދަކުރައްވާނެކަމަށް އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް އީވާ އަބުދުﷲ ވަނީ މީގެ ދެ ދުވަހެއް ކުރިން އިއުލާނުކޮށްފަ އެވެ. 

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވުމަށް ފަހު ރީކޯ މޫސަ އެމްޑީޕީ ދޫކޮށް އިދިކޮޅު ޕާޓީ ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ފަހު އެމަނިކުފާނު ދަނީ އެކިއެކި ފޯރަމް ތަކުގައި އެމްޑީޕީއަށާއި ހާއްސަ ގޮތެއްގައި ރައީސް ނަޝީދަށް އެކިގޮތްގޮތުން ފާޑުވިދާޅުވަމުން ނެވެ. 

ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ވިޕްލައިނާ ހިލާފުވެގެން މޫސަ އެޕާޓީން ވަކިކޮށްފައިވަނީ 2017 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހުގަ އެވެ.

44%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް