ހުއްދަ ނުހޯދާ ޕަބްލިކް ވޯކްސްއިން ވާދޫ ވެވެއް ކޮނުން މައްސަލައެއް ފެންމަތިވެއްޖެ
16 ޖެނުއަރީ 2020 - 15:12:28
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހޯދަން ޖެހޭ ހުއްދަތަކެއް ނުހޯދާއި ޕަބްލިކް ވޯކްސްއިން ގދ. ވާދޫގެ ވެވެއް ކޮނުން މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިން ހޯދަން ޖެހޭ ހުއްދަތަކެއް ނުހޯދާއި ޕަބްލިކް ވޯކްސްއިން ގދ. ވާދޫގެ ވެވެއް ކޮނުން މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އާސާރީ ތަނެއް ފެނިއްޖެނަމަ އެކަން ހެރިޓޭޖްގެ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް އިތުރަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ހުއްދަތަކެއް ހޯދަން ޖެހެ އެވެ.
މީގެ ދެމަހެއްހާ ދުވަސް ކުރިން ހިނގި އެކަމާ ގުޅޭ ގޮތުން ވާދޫ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ، ރަށުގައި ވެވެެއް އޮންނަކަން ވެސް އެނގުނީ އެކަމެއް ހިނގުމުން ކަމަށެވެ.
ވަހީދު ކިޔައިދެއްވި ގޮތުގައި މިކަމެއް ހިނގީ ޕަބްލިކް ވޯކްސުން އެރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރެއްގައި ވަރަށް ބޮޑަށް މޫސުން ގޯސްވެ ރަށުގައި ފެންބޮޑުވުމުގެ އިތުރުން ގޭގެއަށް ފެންވަދެ ގެއްލުންތަކެއް ވަމުންދިޔަ ދުވަސްވަރެއްގަ އެވެ.
އެގޮތުން އޭނާ ވިދާޅުވީ ގޭގެއަށް ފެން ނުވަންނާނެހެން ވެލި އެޅުމުގެ މަސައްކަތް ކުރުމަށް ތަންތަނުން ވެލި ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެތަނުގައި ވެވެއް އޮތްކަން އެނގުން ކަމަށާއި އެއާއެކު އެކަން ކައުންސިލުން ވާނީ އިދާރާތަކަށް އަންގާފައި ކަމަށެވެ.
"ކައުންސިލަށް އެނގުނު ހިސާބުން އަޅުގަނޑުމެން ވާނީ އެކަން ހެރިޓޭޖަށް އަންގާފަ. އެކަން އެބޭފުޅުން ބަލަން ވެސް ބެލި،"
- ވާދޫ ވެވު ސަރަހައްދު
ވެވު ފެނިފައި ވަނީ ރަށުގެ ޖެޓީއާ މާދުރު ނޫން ހިސާބަކުންނެވެ. ނަމަވެސް އެއީ ރަށުގެ ޖަންގައްޔެއް ފަދަ ތަނެއްކަން ފާހަގަކުރައްވަމުން ވަހީދު ވިދާޅުވީ އެތަން އޮތީ ފަސް އެޅި ފޮރުވިފައި ކަމަށެވެ. އަދި އެތަނަކީ މީހުންނަށް ގޯތި ވެސް ދޫކޮށްފައިވާ ސަރަހައްދެއްކަމަށާއި އެ ވެވުގެ ބައެއް މީހެއްގެ ގޯއްޗަށް އަރާއި ކަމަށް ވަހީދު ވިދާޅުވި އެވެ.
ސީއެންއެމްއަށް ލިބިފައިވާ ފޮޓޯތަކަށް ބަލާއިރު އެ ސަރަހައްދުގެ ބޮޑު ބައެއް އޮތީ ކޮނެފަ އެވެ. އެކަމާއި ގުޅޭގޮތުން ޕަބްލިކް ވޯކްސްގެ ރީޖަނަލް މެނޭޖަރު މުހައްމަދު ހަސަން ވިދާޅުވެފައި ވަނީ ޕަބްލިކް ވޯކްސުން މަސައްކަތް ކުރަނީ ކައުންސިލާއެކު އެގްރީމެންޓް ހަދައިގެން ކަމަށެވެ. ވެވު ފަދަ ހިމާޔަތްކޮށްފައި އޮތް ތަނެއްގެ މަސައްކަތް އެތަނުން ކޮށްފައި ނޯންނާނެ ކަމަށެވެ.
އެކަމާއި ގުޅިގެން ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް ވިދާޅުވެފައި ވަނީ އެކަމުގައި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. އަދި އެކަން ހިނގާދިޔަ ގޮތް ބެލުމަށް ކައުންސިލަށް އަންގާފައިވާ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް