ads
އޯލެވެލް އިމްތިހާން: ފޮޓޯ/ ގޫގްލް
ފަސް ހާހަށްވުރެ ގިނަ ދަރިވަރުންނާއި އެކު އޯލެވެލް އިމްތިހާނު މިއަދު ފަށައިފި
ފަސް ހާހަށް ވުރެ ގިނަ ދަރިވަރުންނާއި އެކު މިއަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފިއެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިި އިމްތިހާނުގައި ޖުމްލަ 5939 ދަރިވަރުން ބައިވެރި ވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އިމްތިހާނުގައި އާޓް އެންޑް ޑިޒައިން ޕޭޕަރު ހަދާ ދަރިވަރުންގެ އިމްތިހާނު މިދިޔަ އޭޕްރިލް މަހުގެ 13 އަދި 14 ގައި ވަނީ ބާއްވައިފައެވެ.  

އޯލެވެލް އިމްތިހާނު ރާއްޖޭގެ 239 ސެންޓަރެއްގެ އިތުރުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައި އާއި އަދި މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވާ ދަރިވަރުން ވެސް ބައިވެރިވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.  

އޯލެވަލް އިމްތިހާނާ އެކު އޯލެވެލްއާއި އައިޖީސީއެސްއީގެ އިތުރުން އިސްލާމާއި ދިވެހި ހިމެނޭ އެސްއެސްއީ އިމްތިހާން ވެސް ކުރިއަށްދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް