ads
އެމްޕީ ސިރާޖު ރައީސް ސާލިހާއެކު
ގިނަ ބަޔަކަށް އަނިޔާނުވަނީސް ކައްދޫ އެއަޕޯޓަށް ހައްލެއް ހޯދަން ޖެހޭ
ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޮޑު އަނިޔާއެއް ލިބުމުގެ ކުރިން ކައްދޫ އެއަޕޯޓަށް ހައްލެއް ހޯދަންޖެހޭ ކަމަށް ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މޫސާ ސިރާޖް ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް މިހެން ވިދާޅުވީ، ލ. އަތޮޅު ކައްދޫއަށް ޖައްސަން އުޅުނު މޯލްޑިވިއަންގެ ބޯޓެއް ރަންވޭމަތިން ކަހާލުމުގެ ހާދިސާއެއް މިރޭ ހިނގާފައިވަނިކޮށެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައެއް ނުވެއެވެ.

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް، ސޯޝަލް މީޑިއާގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޮޑު އަނިޔާއެއް ލިބުމުގެ ކުރިން ކައްދޫ އެއަޕޯޓަށް ހައްލެއް ހޯދަންޖެހޭ ކަމަށެވެ.

ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޮޑު އަނިޔާއެއް ލިބުމުގެ ކުރިން ކައްދޫ އެއަޕޯޓަށް ހައްލެއް ހޯދަންޖެހޭ. މުޅި ލ. އަތޮޅުގެ ތަރައްގީއާ ގުޅިފައިވާ މުހިންމު ބޮޑެތި ކަންކަމަކީ ވަކި މީހަކު، އެމީހާ ކުރާނެހާކަމެއްކޮށް، ވަގުތެއް ވެއްޖެނަމަ ކުރަން ހުރި ކަންކަންގޮތުގައި ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއްނޫން.

ކައްދޫއަށް ޖައްސަން އުޅުނު މޯލްޑިވިއަންގެ ބޯޓެއް ރަންވޭމަތިން ކަހާލުމުގެ ހާދިސާ ހިނގާފައިވަނީ މިރޭ އިރާކޮޅުއެވެ. މިކަން ހިނގިގޮތް މޯލްޑިވިއަންއިން ދަނީ ބަލަމުންނެވެ. ކައްދޫ އެއާޕޯޓަށް ޖެއްސި ފްލައިޓެއް ކަހާލާފައިމިވަނީ، ރަންވޭގެ ތާރުގަނޑު ހަލާކުވެ ހިލަތައް މައްޗަށް އަރާފައި ހުންނަ އެ އެއާޕޯޓު ރަންވޭގެ ތާރުގަނޑު ހަލާކުވެ ހިލަތައް މައްޗަށް އަރާ، ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމުގެ ޝަކުވާ އެކި ފަރާތްތަކުން ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

މިއީ މޯލްޑިވިއަންގެ ފްލައިޓެއްގައި މިފަހުން ހިނގި މިފަދަ ތިންވަނަ ހާދިސާއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ރެޑީވެފައި އޮތް މޯލްޑިވިއަން ފްލައިޓެއްގެ ކޮކްޕިޓްގައި ރޯވެގެން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައިވެސް ފްލައިޓެއް ވަނީ ކެންސަލް ވެފަ އެވެ. އެވަގުތު ބޯޓުގައި 37 ޕެސެންޖަރުންނާއި 3 ކުރޫއިން ތިބި އެ ފްލައިޓުގެ ވިންޑް ޝީލްޑް ތަޅައިގެންގޮސްފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް އެފަހަރުވެސް ގެއްލުމެއް ނުވެއެވެ. 

އަދި ކައްދޫއަށް ޖައްސަން އުޅުމުގެ ތެރޭ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މިދިޔަ އެޕްރީލް މަހުގެ 10ވަނަ ދުވަހު ވެސް ވަނީ މޯލްޑިވިއަންގެ ފްލައިޓެއް އެމަޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއަައިއޭ) އަށް ޖައްސާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް