ޓޭބަލްގެ އެއްވަނައަށް އީގަލްސް އެރިނަމަވެސް، ހުކުރު ދުވަހު މާޒިޔާއާ ޔުނައިޓެޑް ވިކްޓްރީ ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން އީގަލްސް ދެވަނައަށް ވެއްޓުން އެކަށީގެންވެއެވެ. ޔޫވީއާ މާޒިޔާ ކުޅޭ މެޗުން މާޒިޔާ ބަލިވުން ނޫން އެހެން ކޮންމެ ނަތީޖާއެއް ނުކުތަސް މާޒިޔާއަށް އަލުން އެއްވަނަ ލިބޭނެއެވެ.
އީގަލްސް މި ވަގުތު އެއްވަނައިގަ އޮތީ މާޒިޔާއަށްވުރެ އިތުރަށް އެއް މެޗު ކުޅެ، އަށާވީސް ޕޮއިންޓާއެކުއެވެ. މާޒިޔާ ދެވަނައިގަ އޮތީ ހަތާވީސް ޕޮއިންޓާއެކުއެވެ. މާޒިޔާ އަދި ކުޅުނީ ދިހަ މެޗެވެ. އީގަލްސް އެގާރަ މެޗެވެ.
ބުރާސްފަތި ދުވަހުގެ ރޭ ގްރީން ސްޓްރީޓްސްއާ އީގަލްސް ކުޅުނު މެޗުން އީގަލްސް މޮޅުވީ ތިން ލަނޑު ދެ ލަނޑުންނެވެ.