އެމްއެންޑީއެފުން ބުނީ ފަރަށް އަރާފައިވަނީ މާލެ ދަތުރުކުރަމުންދިޔަ "ފުރާގު 2" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. އެ ބޯޓު ފަރަށް އަރާފައިވަނީ ޅ. ހިންނަވަރު ކައިރީގައި އޮންނަ ގާއެރިފަޅުފަރަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ސީއެންއެމްއަށް މައުލޫމާތުދެއްވަމުން ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ފަރަށް އެރި ބޯޓުގައި ތިބި މީހުނަށް ނައިފަރަށް ގެނެސް އެ ފަރާތްތަކަށް ބޯހިޔާބަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މުހައްމަދު ވިދާޅުވީ މިފަދަ ހާދިސާތަކާއި ގުޅިގެން ރައްޔިތުންގެ އެހީތެރިކަން އަބަދުވެސް ލިބެމުން އަންނަ ކަމަށެވެ.