މި ހަމަލާ ދީފައިވަނީ ޖަކްރަޕަންތު ރޮއްމާ ނަމަކަށް ކިޔާ 32 އަހަރުގެ ޖޫނިއާ އޮފިސަރެކެވެ. އެގޮތުން އޭނާ ވަނީ ކޮމާންޑިން އޮފިސަރަކު ވެސް މަރާލައިފަ އެވެ. އަދި އޭގެ ފަހުން ހަތިޔާރުތަކާއެކު އޭނާ ވަނީ އަސްކަރީ ވެހިކަލެއްގައި ފިލައިފައެވެ.
ފިލަން މަސައްކަތް ކުރަން ދުއްވި މަގުމަތިން ވެސް އެތަށް ބަޔަކަށް ހަމަލާ ދީފައިވެއެވެ. މި ހަމަލާތަށް އޭނާ ވަނީ ފޭސްބުކްއިން ލައިވްވެސް ކޮށްފައެވެ. އެއަށް ފަހު އޭނާ ވަނީ ޓާމިނަލް 21 ޝޮޕިން ސެންޓަރަށް ވަދެ ފިލައިފަ އެވެ.
ތައިލޭންޑް ފުލުހުން ބުނާގޮތުގައި ޓާމިނަލް 21 ޝޮޕިން ސެންޓަރު ތެރެއިން ބަޑި ޖަހާ އަޑު އިވޭ ކަމަށާއި އަދި ޝޮޕިން ސެންޓަރު ތެރޭގައި ބަޔަކު ރަހީނު ކޮށްފައި ތިބި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ރަހީނު ކޮށްފައިވާ މީހުންގެ އަދަދެއް ސާފެއް ނުވެއެވެ.