ads
ލޮލުގެ ފެނުން ލިބުމުން ރޮނީ
ލޮލުގެ ފެނުން މާތްﷲ އިއާދަކޮށްދެއްވީ ތަރާވީހު ނަމާދުގެ އެންމެ ފަހު ރަކުއަތުގައި
މީގެ ފަސް އަހަރު ކުރީގެ ވާހަކައެކެވެ. މާތްވެގެންވާ މައްކާގެ ބިމުގައި، މާތްވެގެންވާ މަޖިސްދުލް ހަރަމްގައި ހިނގައިދިޔަ ހަގީގީ ހާދިސާ އެކެވެ. އެބިމުގެ މާތްކަމުންނާއި، މާތްﷲ ރުއްސަވާ އަޅަކަށް އެ ބިމުގައި ހަރަމްފުޅުތެރޭ ދައްކާވާ އަޖައިބުވަނިވި ނިއުމަތްތަކާއި، ކަންތައްތަކަކީ އަބަދުވެސް އަޑުއިވޭ ވާހަކަތަކެކެވެ.

މިއީ އަރަބިކަރައަށް ނިސްބަތްވާ މީހަކަށް އެހަރަމްފުޅުތެރޭ ލޮލުގެ ފެނުން އަބުރާ ދެއްވިގޮތުގެ އަޖައިބު ކުރުވަނިވި ހާދިސާއެއްގެ ވާހަކައެވެ. 

އުފަންވީއިރުވެސް ލޯފަން އޭނާ 2016ވަނަ އަހަރު މާތްވެގެންވާ މަޖިސްދުލް ހަރަމްގައި އެރޭ ހުރީ ތަރާވީސް ކުރާށެވެ. ތަރާވީސް ނަމާދުގެ އެންމެ ފަހު ރަކުއަތުގައި މާތްﷲގެ އިރާދަފުޅާއިއެކު ކުއްލިއަަކަށް އެކަލާނގެ އޭނާގެ ލޮލުގެ ފެނުން ދެއްވިއެވެ. 


އެ އުފާވެރިކަމުގައި ރޮމުން ބާރަށް މާތްﷲ އަށް ހަމްދުކުރަމުންދިޔަ މަންޒަރު ފެންނަ ވީޑިއޯތައް އެދުވަސްވަރު ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ދައުރުވިއެވެ. 

އުފަންވީންސުރެ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ އޭނާގެ އިހްލާސްތެރި އަޅުކަމުގެ އުޖޫރަ މާތްﷲ ދެއްވި ގޮތުގެ އުފާވެރިކަމުންނާއި އަޖައިބުވަނިވި އެ މަންޒަރު ލޮލުން އެވަގުތު ދުށް މީހުން އެތަނުގައި ތިބެ ﷲ އަކްބަރު ގޮވަމުންދިޔަ އަޑުއިވެއެވެ. މުޅި އެ ސަރަހައްދު ﷲ އަކްބަރުން ގުގުމަމުންދިޔައެވެ. 

މާތްﷲ ރުއްސަވާ އަޅަކަށް މެނުވީ އެ ބިމުގައި އަޅުކަން ފުރިހަމަ ނުކުރެވޭ ވާހަކައަކީވެސް އަހަރެމެން އަބަދު އަޑުއަހާ ވާހަކައެކެވެ. ތަކުރާރުކޮށް އެބިމަށް ދިޔަކަމުގައި ވިޔަސްމެއެވެ. މިއީވެސް މާތްﷲގެ ހަޒްރަތުންވާ އަޖައިބުކުރުވަނިވި ވިސްނާބަޔަކަށް ހުރި އިބްރަތަކާއި ފިލާވަޅެކެވެ. 

ބޮޑެތި ބަލިތައް ހުންނަ ފަރާތްތަކާއި، ނުހިނގޭ މީހުންނާއި، ވާހަކަ ދެއްކުމުން މަހްރޫމްވެފައިވާ މީހުންފަދަ މީހުންނަށްވެސް ޝިފާ ދެއްވާ އެމީހުންގެ ދިރިއުޅުން އެބިމުގައި، އަޅުކަމުގެ ތެރޭ ފުރިހަމަކޮށްދެއްވާ ފަސޭހަކޮށްދެއްވާ ކަމުގެ އުފާވެރި މިފަދަ ވާހަކަތައް ނުހަނު ގިނައިން އަޑުއިވެއެވެ.

93%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް