ads
މިޔަރު
ކަނޑަށް ވެއްޓުނު މަސްވެރިޔަކަށް މިޔަރެއް ހަމަލާދީ ޒަހަމް ކޮށްލައިފި
މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން މީހަކު ކަނޑަށް ވެއްޓުނު ވަގުތު އެމީހާއަށް މިޔަރެއް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަށް މިޔަރު ހަމަލާދިނީ، އެން އުކަން އުޅުމުގެ ތެރޭ އެމީހާ ކަނޑަށް ވެއްޓުނު ވަގުތުއެވެ. އެހެން ނަމަވެސް އެމީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ލިބިފައި ނުވެއެވެ.

މި ކަމާއި ގުޅިގެން އެމްއެންޑީއެފް އިން ބުނ، ޅ.އަތޮޅު މާފިލާފުއްޓާ ދިމާލު ބޭރުން މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން މީހަކު ކަނޑަށް ވެއްޓުނު ވަގުތު އެމީހާއަށް މިޔަރެއް ހަމަލާ ދިންކަމުގެ ރިޕޯޓް ލިބިފައި ވާކަމަށެވެ. 

އެކަން އެ ދޯނިން ކޯސްޓްގާޑަށް އެންގުމުން، އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަންއިން ޅ.އަތޮޅު ހޮސްޕިޓަލްގެ ޓީމަކާއިއެކު މިހާރު ދަނީ އެދޯނި ކައިރިއަށް ދަތުރުކުރަމުން ކަމަށާއި އެމީހާގެ ހާލު ސީރިއަސް ނޫންކަމަށް ދޯނީގެ ކެޕްޓަން މައުލޫމާތުދޭ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. 

މިޔަރު ގިނަވެ އެކަމުގެ ސަބަބުން މަސްވެރިންނަށް ގިނަ ތަކުލީފުތަކެއް ޖެހޭ ކަމަށް ގިނަ މަސްވެރިން އަންނަނީ ބުނަމުންނެވެ. ބައެއް މަސްވެރިން ބުނާ ގޮތުގައި ބާނާ މަސް ދޯންޏަށް ނަގާއިރު އޭގެ ދެބައިކުޅަ އެއްބައި މިޔަރު ކާލުމުގެ ސަބަބުން އެ މަސްތައް ނުކިރުވޭ ކަމަށެވެ. 

މިޔަރު ގިނަވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ފޫބައްދަން ދަތި ކަމަށާއި، އެހެން ކަމުން މިޔަރުގެ މައްސަލަ ހައްލު ކޮށްދިނުމަށް ސަރުކާރަށް މަސްވެރިން އަންނަނީ ގޮވާލަމުންނެވެ. 

18%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
64%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް