ads
ޕީޖީ ހުސައިން ޝަމީމް--
އާއިލާގެ 6 ކުއްޖަކާ ބެހުނު މީހަކު ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަނީ
އެއް އާއިލާއަކަށް ނިސްބަތްވާ ހަ ކުދިންނަށް އެކި ފަހަރު މަތިން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދިވެހި ފިރިހެން މީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު ވިދާޅުވެފައިވަނީ އިސްތިއުނާފު ފޯމު މާދަމާ ހައިކޯޓަށް ހުށަހަޅާނެ ކަމަށެެވެ. ދައުލަތުން އެމައްސަލަ އިސްތިއުނާފު ކުރަން ނިންމިއިރު، އޭނާ ދޫކޮށްލީ އިއްޔެއެވެ. 

ބަންދުގެ މުއްދަތު މުރާޖާ ކުރުމަށް އޭނާ އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއި އެކު ބަންދުން ދޫކޮށްލަން ކޯޓުން އަމުރު ކުރީ ކުދިން މިހާރު ބޮޑެތިވެފައި ތިބުމާއި ޕީޖީ އޮފީހުން މައްސަލައާ ގުޅޭ ގޮތުން ދޭ ލިޔުން ބަންދު ރިވިއުގައި އާ ލިޔުމެއްގެ ގޮތުގައި ހުށަހަޅަން ޖެހުމުން ކަމަށް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވެއެވެ. 

"ސީއެންއެމް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި އުމުރުން 55 އަހަރުގެ ފިރިހެން މީހާ އަކީ އެ ކުދިންގެ ބޮޑުބޭބެ އެވެ. އެހެން ނަމަވެސް ކުޑަކުދިންގެ ގާނޫނުގެ ދަށުން މި ކުދިންގެ މައުލޫމާތު އާއްމު ކުރުމަކީ ގާނޫނީ ގޮތުން ކުށެކެވެ.    

އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ނެވެ. އަދި ބަންދާއި މެދު ގޮތެއް ނިންމުމަށް އޭރު ކޯޓަށް ހާޒިރު ކުރުމުން 30 ދުވަސް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ވެސް ކުރި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް