ads
ހިޔާ ފްލެޓް
ފްލެޓް ލިބިފައިވާކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދަނީ، ސަމާލުވޭ!
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން މީހުންގެ އަތުން ބޮޑެތި އަދަތުތަކުން ބަޔަކު ފައިސާ ހޯދަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން މިއަދު އާއްމުކޮށްފައިވާ މައުލޫމާތުން އެގޭގޮތުގައި މިގޮތަށް ގުޅައި، އެ މީހަކަށް މިހާރު ޕޮއިންޓު ލިބިފައިވާވަރު ބުނެދެއެވެ. އަދި ފްލެޓް ޔަގީން ކުރުމަށް ޕޮއިންޓު މަދުވާކަމާއި، އެހެންކަމުން އަލުން ރިވިއުކުރުމަށް ލިޔެކިއުންތައް ފޮނުވުމަށް ކަމަށްބުނެ އީމެއިލް އެޑްރެސް ވެސް ހޯދައެވެ. 

އީމެއިލް އެޑްރެސް ދިނުމުން އެ އީމެއިލަށް އެޗްޑީސީގެ ނަމުގައި ލިސްޓު ފޮނުވައެވެ. އަދި އެ ލިސްޓުގައި ޕޮއިންޓު ހިމެނުމަށް އީމެއިލް އަށް ވަނުމަށް ބޭނުންވާކަމަށް ބުނެއެވެ. އަދި އީމެއިލް އަށް އެކްސެސް ދިނުމަށް، ފޯނަށް ނުވަތަ އެހެން ޑިވައިސްއަކަށް ނަމަވެސް ދާ ނޮޓިފިކޭޝަން އެޕްރޫވް ކުރުމަށްކަމަށް ބުނެ އީމެއިލްއަށް އެކްސެސް ހޯދައެވެ. 

އެއަށްފަހު އެ އީމެއިލް މެދުވެރިކޮށް، އިންޓަނެޓު ބެންކިން އަށް ވަދެ އެކައުންޓުގައި ހުންނަ ފައިސާ އެ މީހުންގެ އެކައުންޓަށް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
 

އެހެންކަމުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ މިފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް، ޒާތީ މައުލޫމާތާއި އޯޓީޕީ (ވަން ޓައިމް ޕާސްވޯޑް) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާނުކުރުމަށް ފުލުުހުން މިއަދު ވަނީ އިލްތިމާސްކޮށްފައެވެ. 

ފްލެޓު ލިބިފައިވާކަމަށް ބުނެ އެޗްޑީސީގެ ނަމުގައި ގުޅާ ފައިސާ ހޯދާ މައްސަލަތަކެއްގެ ސަމާލުކަން މީގެ ކުރިން އެޗްޑީސީންވެސް ގެނެސްފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް