ads
އަނިޔާ ކުރާ ވީޑިއޯގެ ސްކްރީން ޝޮޓެއް
މިލަންދޫގައި ކުޑަކުއްޖަކު ވަލަށް ވައްދާ އަނިޔާކުރާ ވީޑިއޯއެއް އާއްމުވެއްޖެ
ށ. މިލަންދޫގައި 12 އަހަރުގެ ކުޑަކުއްޖަކު ވަލަށް ވައްދާ ތަޅާ އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށް އެމައްސަލަ ބަލައިދިނުމަށް ގޮވާލައިފި އެވެ.

އެ ވީޑިއޯއިން ފެންނަނީ ކުޑަކުއްޖަކު ވަލަށް ވައްދާ، ވައްޓާލުމަށްފަހު ހަމަ އެއުމުރުގެ ކުޑަކުއްޖަކު(ލަފާކުރެވެނީ) ގަދައަށް ގޮފިގަނޑެއް ކަހަލަ އެއްޗަކުން ކުއްޖާ ގައިގާ ތަޅާ މަންޒަރެވެ. 

އަދި އެތައް ފަހަރަކު ތެޅުމަށްފަހު، ކުއްޖާ ތެދުވުމުންވެސް ތަޅާ މަންޒަރު ފެނެއެވެ. ކުއްޖާ ތަދުވާތީ ހަޅޭ ލަވާ އަޑުއިވޭއިރު، އިތުރު އެހެން ބައިވަރު ކުދިންތަކެއްވެސް އެތަނުގައި ތިބެ، ހޭއަޑު އިވެއެވެ. އެކުއްޖަކު އެމަންޒަރު ވީޑިއޯކޮށް ކުއްޖާއަށް ބުލީ ކުރަމުންދިޔައެވެ. 

"ތަދުވެޔޯ ބުނަނީ، އެކަމަކު ގުރޫޕުތެރޭ ބުނީ، އިރާލާނަމޭ، ފަޅާލާނަމޭ، ފުޑާލާނަމޭޭ" ތަޅަމުން ދިޔަ ކުއްޖާ ބުނާ އަޑުއިވެއެވެ.

އެއަށްފަހު ދެތިފަހަރަކު ޖެހުމަށްފަހު "ނައްޓާލާ" ބުނާ އަޑުއިވެއެވެ. ވީޑިއޯ ކުރި ކުއްޖާ ބުނާ އަޑުއިވެނީ "ކަކުންޏެއްދެކެ ބިރުގަންނަ ގޮލައެކޭ އަދި މިއުޅެނީ" މިހެންނެވެ. އަދި "ކޮބާ ކިހިނެތް އިހުސާސްތައް" މިހެން ބުނާ އަޑުއިވެސް އިވެއެވެ. އޭރު ކުއްޖާ ދިޔައީ ރޮމުންނެވެ.

މި ވީޑިއޯ އާއްމުކޮށް ކަންބޮޑުވުން ފާޅުކުރި ފަރާތުން "ސީއެންއެމް" އަށް ބުނީ ކުއްޖާއަށް އިންސާފު ލިބެންދެން އޭނާ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންދާނެ ކަމަށެވެ. 

އޭނާ ބުނެފައިވަނީ، މިލަންދޫއިން ކުދިބައެއްގެ ލާއިންސާނީ އަނިޔާތަކެއްގެ ޝިކާރައަކަށްވެ 12 އަހަރުގެ ކުއްޖާ މިހާރު ހުރީ ނަފްސާނީ ބަލިކަށިކަމެއްގެ ތެރޭގައި ކަމަށާއި، އެ ކުއްޖާއަށް އަނިޔާކުރި ކުދިންތަކަކީ ރަށުގެ ނުފޫޒު ގަދަ އާއިލާއަކަށް ނިސްބަތްވާ ކުދިންތަކެއް ކަމަށެވެ.

އަދި އެ ވޭން ތަހައްމުލު ކުރަމުން ގެންދާ ކުއްޖާއަށް އިންސާފު ހޯދައި ދިނުމަށް އަޑު އުފުލަމަށް އޭނާ ގޮވާލާފައިވެއެވެ. އެކަމުގެ ޝިކާރައަކަށް މާދަމާ އެހެން ކުއްޖެއް ވެގެންދާނެ ކަމަށާއި، މިއީ ހަނުތިބެގެން ފަރުޖެހެން އޮތް ކަމެެއްނޫން ކަމަށް އޭނާ ބުންޏެވެ. 

މިއީ އޭގެ ޒާތުގައި ބޮޑުކަމެއްކަން ފާހަގަކުރަމުން އޭނާ ވަނީ އެކަމުގައި އިންސާފް ލިބެންޖެހޭ ކަމަށާއި އިންސާފް ހޯދައި ދެއްވުމަށް ގޮވާލާ ޖެންޑަ މިނިސްޓްރީއަށާއި، އެރަށު ކައުންސިލަށްވެސް ގޮވާލާފައެވެ.

މިކަމާއި ގުޅިގެން ކުއްޖާގެ އާއިލާގެ ބަހެއް އަދި ނުލިބެއެވެ. 

6%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް