އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، "ދިވެހި ޗެނަލް" އިން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ހޮވަނީ ޕްރައިމަރީއަކުން ކަމަށާއި އެ ޕްރައިމަރީގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވަން ނިންމަވާފައި ވާކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ޕްރައިމެރީގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ އެއްވެސް އިޝާރާތެއް އަދި ދެއްވާފައި ނުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ޕްރައިމަރީއަށް ރައީސް ސޯލިހާއި އެމަނިކުފާނުގެ އިތުރުން އެހެން ބޭފުޅަކުވެސް ނިކުންނެވުން ވަރަށް މުހިންމު ކަމަށެވެ.