ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އައިމިނަތު ޝީޒާ: އެމްއެންޕީ ކެންޑިޑޭޓް
އެމްއެންޕީއިން ބޭނުންވަނީ ވޯޓު އަލުން ގުނަން
މިއަދު ބޭއްވި މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާއަށް މެމްބަރަކު ހޮވުމަށް ބޭއްވި އިންތިހާބުގެ ނަތީޖާ އަލުން ގުނައިދިނުމަށް، މޯލްޑިވްސް ނޭޝަނަލް ޕާޓީއިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފި އެވެ.
Advertisement

މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 އަށް ކުރިއަށް ދިޔަ މި އިންތިހާބުގެ ނަތީޖާއިން ދައްކާގޮތުން މި އިންތިހާބު ކާމިޔާބު ކުރީ ޕީޕީއެމްގެ ފަރާތުން މި އިންތިހާބުގައި ވާދަކުރެއްވި ކެނޑިޑޭޓް މަރިޔަމް ނާޒިމާ އެވެ. ނާޒިމާއަށް ލިބިފައިވަނީ، 259 ވޯޓެވެ. މި އިންތިހާބުގައި އެމްއެންޕީއިން ވާދަކުރި ކެނޑިޑޭޓް ޝީޒާއަށް ލިބިފައިވަނީ 258 ވޯޓެވެ. 

އެންމެ ވޯޓެއްގެ ތަފާތުން ނާޒިމާ މި އިންތިހާބު ކާމިޔާބު ކުރުމާއި ގުޅިގެން އެމްއެންޕީއިން ވަނީ ނަތީޖާ ގަބޫލުނުކޮށް އަލުން ވޯޓު ފޮށި ގުނުމަށް އެދެން ނިންމާފައެވެ. 

އެމްއެންޕީއިން ބުނި ގޮތުގައި ވޯޓު ފޮށީގެ ނަތީޖާ ގުނީ، ބާތިލް ވޯޓާއި އެކު ކަމަށެވެ. އެހެން ކަމުން އަލުން ވޯޓު ފޮށި ގުނައި ދިނުމަށް އީސީއަށް އެދެން ނިންމާފައި ވާކަމަށެވެ. 

މާލޭގެ އަންހެނުންގެ ކޮމިޓީގެ ގޮނޑިއެއް ހުސްވީ ވިލިމާލެ ދާއިރާ ތަމްސީލްކުރެއްވި އައިމިނަތު އީމާން، އެކްސިޑެންޓެއްގައި ނިޔާވުމުންނެވެ.  

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް