ads
ގޯތަމް އާއި ޕަންހޫރީ
ގޯތަމް އާއި އަނބިމީހާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ
އިންޑިއާގެ މަޝްހޫރު ޓީވީ ދެތަރިން ކަމަށްވާ ގޯތަމް ރޯޑް އާއި އޭނާގެ އަނބިމީހާ ޕަންހޫރީ އަވަސްތީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

މާލެ އަތޮޅު ކުރުނބާ މޯލްޑިވްސްގައި މި ދެތަރިން ޗުއްޓީ ހޭދަކުރަމުން އަންނައިރު ރާއްޖޭގައި ހޭދަކުރާ ޗުއްޓީގެ ފޮޓޯތައް ދެ ތަރިން ވެސް އަންނަނީ އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކުރަމުންނެވެ. 

ސަރަސްވަތީ ޗަންދުރަ ފަދަ ގިނަ ކާމިޔާބު ޝޯތަކަކުން ފެނިގެންގޮސްފައިވާ އުމުރުން 42 އަހަރުގެ ގޯތަމް އާއި ޕަންހޫރީ ކައިވެނި ކުރީ 2018 ވަނަ އަހަރުގެ ތެރޭގަ އެވެ. 

ދެ ތަރިންގެ ކައިވެންޏާ ގުޅިގެން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ޕަންހޫރީ، ގޯތަމްއަށް ވުރެ 14 އަހަރު ހަގުވުމުންނެވެ. ނަމަވެސް ފާޑުކިޔުންތަކަށް ދެތަރިން މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. 

ޕަންހޫރީއަކީ ސްޓާ ޕްލަސް އިން ދެއްކި ކާމިޔާބު ޝޯ ”ކިޔާ ކަސޫރު ހޭ އާމްލާކާ”އިން އާމްލާގެ ރޯލުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ފަރާތެކެވެ. އޭނާ މިހާރު އަންނަނީ ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ" ގައި ޕަލަވީގެ ރޯލުގައި މަސައްކަތް ކުރަމުންނެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް