ads
މިނިސްޓަރު އަސްލަމް މަޖިލީހުގެ ޖަލްސާގައި---
އިމާރާތް ކުރުމުގެ ދާއިރާއަށް ވަނުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން: އަސްލަމް
ސަރުކާރު ހިއްސާވާ ކުންފުނި ތަކުން އިމާރާތްކުރުމުގެ ދާއިރާއަށް ވަދެއްޖެެ ނަމަ އެކަމުގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނިކުމެދާނެ ކަމަށް، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަފީފްގެ ސުވާލުގައި ވިދާޅުވީ، ސަރުކާރުގެ ބައެއް ކުންފުނިތަކުން އިމާރާތް ކުރުމުގެ ދާއިރާއަށް ވަނުމަށް ނިންމާފައި ވާކަމަށް އިއުލާން ކޮށްފައި ވާއިރު، އެމްޑީޕީގެ މެނިފެސްޓޯގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިފަދަ ވިޔަފާރިތަކަށް ނުވަންނާނެ ކަމަށް ބުނެފައި ވާކަމަށެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ސަރުކާރުގެ ކުންފިނިތައް އުފައްދާފައި ހުރި މަގްސަދު ނޫން އެހެން ކަންކަމުގެ ތެރެއަށް އެ ކުންފިނިތައް ވަނުމަކީ އެ މިނިސްޓްރީން ގަބޫލުކުރާ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ކޮންޓްރެކްޓަރުންގެ ގޮތުގައި ރަޖިސްޓްރީ ވާން ހުށަހަޅާފައި ވާކަމަށާއި، ގާނޫނީގޮތުން އެކަމަކީ މަނާކަމަކަށް ނުވިނަމަވެސް، އެ ކަންތައް ތަކުގެ ތެރެއަށް އެކުންފުނިތައް ވަނުން ގަބޫލު ނުކުރެވޭނެ ކަމަށް މިނިސްޓާ ވިދާޅުވި އެވެ. 

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން އެބަހުރި، ކޮންޓްރެކްޓަރުންގެ ގޮތުގައި ރަޖިސްޓްރީވާން ހުށަހަޅާފަ. އެއީ ގާނޫނީ ގޮތުން މަނާ ކަމެއް ނޫން. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި އެމީހުން ވަދެގެން ނުވާނެ އޭގެ ތެރެއަށް،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެދިފައިވަނީ، ވަކި މަގްސަދެއް ހާސިލް ކުރުމަށް ކަމަށާއި، އެހެން ނަމަވެސް އެ ކުންފުނިތައް އުފެދުނު މަގްސަދާއި ހިލާފަށް އެހެން ކަންކަމުގެ ތެރެއަށް ވަނުމުން ކުންފުނީގެ މައިގަނޑު މަގްސަދުތަކުގެ ފޯކަސް ގެއްލިގެން ދާނެ ކަމަށެވެ. 

އަދި އެކަމުގެ ސަބަބުން ނުރަނގަޅު ނަތީޖާތަކެއް ނިކުމެދާނެ ކަމަށް މިނިސްޓާ ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް