އޭއެފްސީ ކަޕުގައި މިއަހަރު މާޒިޔާ ކުޅެން ޖެހޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ނުކުންނާނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސްއާ ދެކޮޅަށެވެ. މިދިޔަ އަހަރުވެސް އޭއެފްސީ ކަޕުގައި މި ދެ ޓީމު ވާދަކުރިއެވެ. އެ މެޗު ދެ ލަނޑު ސުން ލަނޑުން ބަޝަންދުރާ ކާމިޔާބުކޮށްފައިވާއިރު، މާޒިޔާ މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ނިންމާލީ ކުޅުނު ތިން މެޗުންވެސް ބަލިވެގެންނެވެ. ޖެސިކް ބުނީ މި ދިޔަ އަހަރަކީ މާޒީ ކަމަށާއި އެކަމުގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށަވެ.
އިންޑިޔާގެ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ކުޅޭ މާޒިޔާ- ބަޝަންދުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން ރޭގަނޑު އަށެއް ޖަހާއިރުއެވެ. އޭނގެ ކުރިން މާދަމާ ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ އިންޑިޔާގެ ދެ ޓީމު ކަމަށްވާ ގޯކުލާމް ކެރެލާއާ އޭޓީކޭ މޯހަން ބަގާންއެވެ.