ads
އުދައްޔު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ 3 މީޙުން
އަދުއްޔު މަރު: ދައުލަތުންނާއި، ދިފާއުންވެސް އެދުނީ ހެކިތައް ބަލައި ނުގަންނަނަން
ގއ.މާމެންދޫގައި މަރާލި 17 އަހަރުގެ ކުޑަކުއްޖާގެ މައްސަލާގައި، ތުހުމަތުކުރެވޭ މީހުންނާއި ދެކޮޅަށް ދައުލަތުން ހުށަހެޅި 25 ހެކިވެސް ބަލައި ނުގަންނަން ދައުވާ ލިބޭ މީހުންގެ ފަރާތުން މިއަދު ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު މަރާލާފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީމަހުގެ އަށް ވަނަ ދުވަހު އެވެ. މި މައްސަލައާއި ގުޅިގެން މިއަދާއި ހަމައަށް އެއް އަހަރާއި ތިން މަސް ވީއިރު މިހާތަނަށް ހަތަރު އަޑުއެހުމެއް ވަނީ ބާއްވާފަ އެވެ. 

މި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ އުއްދަޔުގެ މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހުމަދު ޝަމީމްއާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފު ރަޝިދުއާއި، ގއ. މާމެންދޫ، ގުލްފާމުގެ، މުހައްމަދު މާޒިން އެވެ. ދެން މި މައްސަލާގައި ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަ ކުއްޖެކެވެ. 

ތިން މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މަރާލިކަމުަގެ ދައުވާ އުފުލާފައިވާއިރު މި މައްސަލާގައި ހިމެނޭ ކުޑަކުއްޖާ ވަނީ ޖުވެނައިލް ކޯޓުން ގޭބަންދުކުރުމަށް ހުކުމްކޮށްފަ އެވެ. އުދައްޔު މަރާލި ކަމުގެ ތުހުމަތު ކުރެވޭ 18 އަހަރުން ދަަށުގެ ކުޑަކުއްޖާއަށް ޖުވެނައިލް ކޯޓުން ދައުވާކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ދައުވާ ރައްދުވާ ތިން މީހުންވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. 

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ދައުލަތުން ވަނީ އެމީހުންނާއި ދެކޮޅަށް މައްސަލަ ސާބިތުކުރުމަށް 25 ހެއްކެއް ސިއްރު ހެކީގެ ގޮތުގައި ހުށައަޅާފަ އެވެ. އަދި ހެކިތައް ސިއްރުކޮށްދިނުމަށް އެދުމަށްފަހު، ދިފާއުން ހުށަހަޅާފައިވާ 10 ހެކީގެ ތެރެެއިން ހަތް ހެއްކެއް ބަލައި ނުގަތުމަށް ވަނީ ހުށަހަޅާފައެވެ. 

މިއަދުގެ އަޑުއެހުމުގައި ދިފާއުންވެސް ވަނީ ދައުލަތުގެ ހުރިހާ ހެއްކެއް ބަލައި ނުގަތުމަށް ހުށަހަޅާފަ އެވެ. ދިފާއީ ވަކީލް މުހައްމަދު ޝަހީދު ވިދާޅުވީ ދައުލަތުން ހެކީންގެ ގޮތުގައި ހުށައަޅާފައިވަނީ، މަރުވި އުދައްޔުގެ އާއިލާ އާއި ގާތް މީހުންގެ ހެކިބަސް ކަމަށެވެ. އެހެންކަމުން އެ ހެކިބަސް ބަލައިނުގަތުމަށް އެދޭކަމަށެވެ. 

ދައުލަތުގެ ވަކީލް ފަރަހަނާޒް މުހައްމަދު ވިދާޅުވީ، މި މައްސަލައިގައި ހެކިވެރިންގެ ގޮތުގައި ތިބީ އެ ހާދިސާއާ ގުޅޭ ގޮތުން ކޮންމެވެސް ވަރެއްގެ ހަގީގަތްތަކެއް އެނގޭ މީހުން ކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް