ރައްޔިތުންގެ މަޖިލީޙުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރި ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވީ ސަރުކާރުން އޮތީ މަޖިލިސް ހިސޯރުކޮށް ހުއްޓުވާފައި ކަމަށެވެ.
މަޖިލީހުގެ މަސައްކަތްތައް ދާގޮތާ މެދު ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އޮތްކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ވަރަށް ގިނަ ބިލްތަކެއް މަޖިލީހަށް ހުށައަޅާފައިވާ ކަމަށާއި، ހަމަ އެފަދައިން އެމްޑީޕީން ވެސް ވައުދުވެފައިވާ ކަންތައްތަކެއް ނިންމަން އެބަހުރި ކަމަށެވެ.
މިކަމަކީ މަލްޓިޕާޓީ ޑިމޮކްރަސީއާ ހިލާފަށް ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ހިންގަމުންދާ ޒިންމާދާރުކަން ކުޑަ ހަޑިހުތުރު އަމަލެއް ކަމަށެވެ.
ޝަރީފް ވިދާޅުވީ ސަރުކާރުން މިކަން މިގޮތަށް ކުރަމުންދިޔަ ނަމަވެސް އޮޕޮޒިޝަންގެ ޕީޖީ ގުރޫޕުގެ އަޑު ރައްޔިތުންނާއި ހަމައަށް ފޯރުކޮށް ދެއްވާކަމަށެވެ.
ޝަރީފް ވަނީ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ވެސް މިހާރަށް ވުރެ ހަރުދަނާކޮށް ހަލުވި ކުރަންޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.