ފީފާއިން ބުރާސްފަތި ދުވަހު އިއުލާންކޮށްފައިވާ ގޮތުގައި މި އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ތިން އަންހެން ރެފްރީން ރެފްރީކަން ކުރާނެއެވެ. ވޯލްޑްކަޕުގައި ފުރަތަމަ ފަހަރަށް ރެފްރީކަން ކުރުމުގެ ޝަރަފު ލިބިގެން ދިޔަ ތިން އަންހެން ރެފްރީންނަކީ، ފްރާންސްގެ ސްޓެފަނީ ފްރަޕާޓް، ރުވާންޑާގެ ސަލީމާ މުކަސަންގާ އަދި ޖަޕާނުގެ ޔޮޝީމީ ޔަމަޝާތާއެވެ. މި ތިން ރެފްރީގެ އިތުރުން އެސިސްޓެންޓް ރެފްރީންގެ ގޮތުގައިވެސް މި އަހަރުގެ ވޯލްޑްކަޕުގައި ތިން އަންހެން އެސިސްޓެންޓް ރެފްރީން ހަރަކާތްތެރިވާނެއެވެ.
މި އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް އޮންނާނީ ނޮވެންބަރު މަހުގެ ފަހުކޮޅުން ފެށިގެން ޑިސެންބަރު މަހުގެ މެދުތެރެއަށެވެ.