ads
ވ.ތިނަދޫ މިސްކިތުގެ ޖާގަ ނެތިގެން އެކަމަށް ހައްލެއް ހޯދުމަށް އެރަށުގެ ރައްޔިތުން މިއަދު އަޑު އުފުލަނީ
ތިނަދޫގައި ނަމާދުކުރެވޭނެ ޖާގަނެތިގެން ރައްޔިތުން މުޒާހަރާއަށް ނިކުމެއްޖެ
ވ. ތިނަދޫގައި ހުންނަ މިސްކިތުގެ ޖާގަ ކުޑަވުމުގެ ސަބަބުން މިކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ގޮވާލައި އެރަށުގެ ރައްޔިތުން އަޑު އުފުލައިފި އެވެ.

"ސީއެންއެމް" އަށް މައުލޫމާތުދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގު ހުސެއިން މިއަދު ވިދާޅުވީ ތިނަދޫގެ ރައްޔިތުން މިއަދު އަޑު އުފުލާފައިވަނީ އެރަށު މިސްކިތުގެ ޖާގައިގެ ދަތިކަމާއިހުރެ ނަމާދު ކުރުމަށް އުދަގޫތަކެއް ކުރިމަތިވަމުން އަންނާތީ އެކަން ސަރުކާރުން ހައްލުކޮށްދީފައިނުވާތީ ކަމަށެވެ. އަދި ވިދާޅުވީ އަޑު އުފުލުމުގައި ތިނަދޫގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ބައިވެރިވެފައިވާ ކަމަށެވެ. 

ޝިފާގު ވިދާޅުވީ މިސްކިތުގެ ޖާގައިގެ ދަތިކަމަށް އަވަސް ހައްލެއް ހޯދުމަށް ނިމިގެން ދިޔަ ސަރުކާރުގައިވެސް އެތަކެއް މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި، ނަމަވެސް ހައްލެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. 

" ކުރީގެ ސަރުކާރުގަވެސް އެތަކެއް މަސައްކަތެއް މި ކުރީ ހަމަ މިރަށުގަ މިހުރި މިސްކިތް ބޮޑުކޮށްލަދޭން. ނޫނީ އިތުރު މިސްކިތެއް މިރަށުގައި އަޅައިދޭން، މީގެ އެއްވެސް ކަމެއް ނުވެ ސަރުކާރު ނިމުނީމަ މިހާރު މިސަރުކާރަށްވެސް ހުށައަޅައިގެން މި އުޅެނީ" ޝިފާގު ވިދާޅުވި އެވެ.

your imageމިއަދު ތިނަދޫގައި ކުރި ސުލުހަވެރި އިހުތިޖާޖް----ފޮޓޯ:ސީއެންއެމް

މިހާރު ހުރި މިސްކިތަކީ އަންހެނުންގެ ހާއްސަ މިސްކިތެއްކަން ފާހަގަކޮށް ޝިފާގު ވިދާޅުވީ އެތަނުގައި ނަމާދުކުރުމަށް ހުރީ 45 މީހުންގެ ޖާގައެއް ކަމަށެވެ. އަދި ވިދާޅުވީ ތިނަދޫ އަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ރަށަކަށް ވުމުން ރަށުގެ އާބާދީއާއި އެކު ގާތްގަނޑަކަށް 250 އަށްވުރެ ގިނަ މީހުން ނަމާދު ކުރުމަށް އެވަރުގެ ޖާގަ ކުޑަ މިސްކިތެއް ހުރުމުން ރައްޔިތުންގެ ޝަކުވާވެސް ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ.

" މިސްކިތުގެ ޖާގަ އެއީ 45 މީހުން. މިރަށުގެ ވަޒީފާ ތަކުގައި ތިބި މީހުންނާއެކު ގާތްގަނޑަކަށް 250 އަށްވުރެ ގިނަ މީހުން އެބަތިބި. ދުވަހެއް ދުވަހަކަށް މީހުން މި އިތުރުވަނީ. މި ތަނުގެ ޖާގަ ނެތިގެން ރައްޔިތުންގެ ޝަކުވާ އެބަލިބޭ އަބަދުވެސް ކައުންސިލަށް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ޝިފާގު ވިދާޅުވީ މި މައްސަލައަށް ހައްލެއް ހޯދުމަށް ކައުންސިލުން މީގެ ކުރިންވެސް އިސްލާމިކު މިނިސްޓްރީ އާއި މަޝްވަރާކޮށްފައިވާނެ ކަމަށާއި، މިނިސްްޓްރީން ތިނަދޫގައި ޖާގަ ތަނަވަސް އިތުރު މިސްކިތެއް އަޅައިދިނުމުގެ މަސައްކަތް ކޮށްދެއްވާނެކަމަށް ކުރިން ވިދާޅުވެފައިވާ ކަމަށެވެ. 

your imageމިއަދު ތިނަދޫގައި ކުރި އިހުތިޖާޖުގެ ތެރެއިން--ފޮޓޯ:ސީއެންއެމް

" ފިރިހެނުންގެ މިސްކިތް ގަބުރު ހުރެގެން ބަންދުކުރިތާ މިހާތަނަށް 10 އަހަރަށްވުރެ ގިނަދުވަސްވެއްޖެ. މިހާރު ނަމާދުކުރަމުން ގެންދާ މިސްކިތައް މިހާރު 34 އަހަރަށް ވުރެ ގިނަ ދުވަސްވެދާނެ."

ޝިފާގު ވިދާޅުވީ ކައުންސިލުން އެ މިސްކިތުގެ ބޭރުގައި ފެންޑާއެއްވެސް އަޅައިދީފައިވާ ކަމަށާއި، ނަމަވެސް ޖާގައިގެ ދަތިކަން އަދިވެސް އެބަ އޮތް ކަމަށެވެ. 

 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް