ads
ހުޅުމާލެ ދެވަނަ ފިޔަވަހި: ސޮޕިން މޯލްތަކެއް މި ސަރަހައްދުގައި އެޅުމަށް ތައްޔާރުވަނީ
ދެވަނަ ފިޔަވަހީގެ ގާޑިޔާތައް ނަގައި، ޝޮޕިން މޯލްތަކެއް ތަރަައްގީ ކުރަނީ
ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ހިޔާ ފުލެޓުތައް ހިމެނޭ ސަރަހައްދުގައި ވިޔަފާރި ކުރުމަށް ހާއްސަ ސޮޕިން މޯލްތަކެއް ހެދުމަށް ނިންމާފައިވާކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.
Advertisement

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ސީއެންއެމް އަށް ވިދާޅުވީ ސޮޕިން މޯލްތައް ހަދާނީ ދެ ވަނަ ފިޔަވަހީގައި ހުރި ވިޔަފާރި ގާޑިޔާތައް ނެގުމަށް ފަހު އެ ތަންތަނުގެ ބަދަލުގައި މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ގާއިމު ކުރުމުގެގޮތުން ސޮޕިން މޯލްތަކެއް އިމާރާތް ކުރުމަށް މިހާރުވަނީ ނިންމާފަ ކަމަށެވެ. 

"ފޭސް 2 ގައި ހުރި ވިޔަފާރި ގާޑިޔާތައް ނެގުމަށްފަހު އެ ތަންތަނުގައި ވިޔަފާރި ކުރުމަށް އެޗްޑީސީން އެބަ ކުރިއަށްގެންދަން މިއަށްވުރެ ހަރުދަނާ ނިޒާމެއް. މިހާރު ސޮޕިން މޯލްތަކެއްގެ މަސައްކަތް ކުރުމަށް ނިންމާފައި ވާނީ. އޭރުން މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ،" ސުހެއިލް ވިދާޅުވި އެވެ.

ދެވަނަ ފިޔަވަހީގައި ގަވައިދާ ހިލާފަށް ގާޑިޔާތަކެއް ހަދައިގެން ވިޔަފާރި ކުރަމުން ގެންދާތީ އެޗްޑީސީން އިއްޔެ ވަނީ އެ ގާޑިޔާތައް ނެގުމަށް ފަހު އެސަރަހައްދު ސާފުކޮށްފަ އެވެ. 

ސުހެއިލް ވިދާޅުވީ ދެވަނަ ފިޔަވަހީގައި ހަދާ ސޮޕިން މޯލްތަކުގެ ޑިޒައިން މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ އަވަސް މުސްތަގުބަލެއްގައި ސޮޕިން މޯލްތަކުގެ މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާ ތަނަކަށްވާއިރު ދެ ވަނަ ފިޔަވަހީގައި ޖުމްލަ 16 ޓަވަރު ތަރައްގީކޮށްފައިވެ އެވެ. އަދި މި އިން ކޮންމެ ޓަވަރެއްގައި 25 ފްލޯ ހުރެ އެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް