ads
ލޯންޗުގައި ގިނަ އަދަދެއްގެ ލޭ ހުރި---
ޝާފިއުގެ ސިކުނޑި ބޭރުވެ، ލޯންޗުތެރޭ އޮތީ ހުސްލޭ، ލޭމަނާނުވެ، ދެމީހުންގެ ޖަނާޒާވެސް ލަސް!
ރޭ ގއ. ވިލިގިލީ ފަޅަށް ވަނަނިކޮށް ހިނގި ހިތާމަވެރި އަދި ނުރައްކާތެރި ހާދިސާގައި މަރުވި ދެމީހުންވެސް ދިޔައީ އާއިލާގެ ކައިވެންޏަކަށެވެ. އެއީ ކައިވެނިކުރަން އޮތް ފިރިހެންމީހާގެ ކޮއްކޮ ނ. ލަންދޫ/އުރަހަ/ އުމުރުން 26 އަހަރުގެ އަހްމަދު ޝާފިއު އާއި ކައިވެނިކުރަން އޮތް އަންހެން މީހާގެ ކޮއްކޮ ގއ. ވިލިގިލި/ދޫރެސް އުމުރުން 37 އަހަރުގެ މިސްބާހް އަބްދުލް މުހުސިން އެވެ.

ނަމަވެސް އުފާވެރި ކައިވެނި ހަފްލާއެއްގެ ބަދަލުގައި ވިލިގިލީގައި މިއަދު އޮތީ، ހިތާމަވެރި ޖަނާޒާއެެކެވެ. މިދެމީހުންގެ ޖަނާޒާ މިއަދު އަސަރު ނަމާދަށްފަހު ބާއްވަން ނިންމީވެސް އެ ހާދިސާގައި ދެމީހުނަށް ލިބުނު ބޮޑެތި ޒަހަމުތަކުގެ ސަބަބުން ދެމީހުންގެ ގައިން ފާބާ ލޭ މަނާ ނުވާތީ އެވެ. 

ނަން ނުޖެހުމަށް ޝަރުތުކޮށް “ސީއެންއެމް”މައުލޫމާތުދިން ޝާފިއު ދަންނަ މީހަކު ބުނިގޮތުން ޝާފިއު ދިޔައީ މިއަދު އޮތް އޭނާގެ ދޮންބެގެ ކައިވެނި ހަފްލާއަށެވެ. އޭރު ޝާފިއުގެ އާއިލާ އެންމެންވެސް އެރަށަށް ތިބީ ގޮސްފަ އެވެ. އިންތިޒާރުކުރަމުން ދިޔައީ ޝާފިއު އަށެވެ. 

ފަސް މީހުންނާއެކު، ދަތުރުކުރަމުންދިޔަ އެ ލޯންޗު ވިލިގިލީ ފަޅުތެރެއަށް ވަދެވަދެ ހުއްޓާ ލޯންޗު ގޮސް ނެރުގައި ޖެހުމުން މިސްބާހު ވިއްސައިގެން ގޮސް ކަނޑަށް ވެއްޓި މަރުވިއިރު، ޝާފިއުއަށް ވެސް ލިބުނު ޒަހަމުތަކާއިއެކު ވަގުތުން މަރުވިއެވެ. 

އެ ހާދިސާ ހިނގިކަމުގެ ހަބަރު ލިބިގެން އައި ފުރަތަމަ ކޯލާއިއެކު އެ ސަރަހައްދަށް ގޮސް އެހީވި އިސްމާއިލް ޒަކީ އާއި ހަވާލާދީ "ވަން އޮންލައިން" އިން ރިޕޯޓުކޮށްފައިވާގޮތުގައި، ފަޅަށް ލޯންޗު ވަންނަން އައީ ވަރަށް ބާރަށެވެ. އަނދިރިވެ، ފުސްވުމުގެ ސަބަބުން ކުރި ނުފެންނަ ކަމަށް ލޯންޗު ދުއްވި ޒުވާނާ ބުންޏެވެ. އެކްސިޑެންޓުވި ހަބަރު ލިބިގެން އެސަރަހައްދަށް އިސްމާއިލް ޒަކީ ދިޔައިރު ލޯންޗު ދުއްވި ޒުވާނާ އިނީ ލޯންޗުގެ ކުރީކޮޅުގައެވެ. އޭރު އޭނާގެ ދޫ އޮތީ ފުދޭ ވަރަކަށް ބޮޑަށް ބުރިވެފަ އެވެ. ލޯ މައްޗާއި އަނގަމަތި ވެސް ހުރީ ފަޅައިގެން ގޮސްފަ އެވެ.

ލޯންޗު ނެރަށް އެރިއިރު، އެ ހާދިސާގައި މަރުވި އެ ރަށު ހޮސްޕިޓަލުގައި މަސައްކަތްކުރާ މިސްބާހު އުޅުނީ ލޯންޗުގެ ކުރީ ކުރިމަތީގެ ދޮރު ހުޅުވަން ކަމަށާއި، އޭނާ ވިއްސައިގެން ގޮސް މޫދަށް ވެއްޓުނީ އެވަގުތު ކަމަށް ދުއްވަން އިން ޒުވާނާއާއި ހަވާލާދީ ޒަކީ ބުނެފައިވެއެވެ.

ޝާފިއުގެ ސިކުނޑިއޮތީ ނިކުމެފަ، މިސްބާހު ފެނުނުއިރު، ބޮލުގެ އެއްބައި އޮތީ ޗަސްވެފަ!

އޭނާ ބުނިގޮތުގައި، މުޅި ލޯންޗުގައި އޮތީ ހުސް ލެއެވެ. އޭރު ޝާފިއު އޮތީ ލޯންޗުތެރޭ މަރުވެފަ އެވެ. ޝާފިއުގެ ބޯފެޅި ސިކުނޑި ބޭރުވެފަ އޮތްއިރު، އަތްދަނޑިމައްޗަށް އޭނާ ނެގި އިރު ވެސް ބޮލުން އެއްޗިސްތަކެއް ފައިބަމުންދިޔައެވެ. އޭނާ ބުނިގޮތުން އޭރު ވެސް ސިކުނޑީގެ ބައިތައް ކަމަށް ބެލެވޭ އެއްޗެހި ލޯންޗުތެރޭގަ ހުއްޓެވެ. ފޮޓޯތަކުން ފެންނަގޮތުން ލޯންޗުގެ ބިއްލޫރިތައްވެސް ވަނީ ތަަޅައިގެންގޮސް އެކި ތަންތަނަށް ބުރަބުރައިގެން ގޮސްފަ އެވެ.

your imageނެރުމައްޗަށް އެރި ލޯންޗު

އޭރު މިސްބާހެއް ނުފެނެއެވެ. އޭނާ މޫދުން ނަގައިގެން އައީ ފަހުން އެސަަރަހައްދަށް ދިޔަ އެހެން ލޯންޗެކެވެ. އޭނާ ބުނިގޮތުން މިސްބާހު އޮތީ ލޯންޗު ކައިރީގަ އެވެ. މިސްބާހު މޫދުން ނެގިއިރު އޮތީ ކަރު ބިނދިފައެވެ. ބޮލުގެ ފަހަތުބައި އޮތީ ޗަސްވެފަ އެވެ. މޫނުމަތީގެ ވެސް އެކިތަންތަނުން ކަފައިގެން ގޮސްފައި ހުރިއިރު، ހަށިގަނޑުގެ އެހެން ތަންތަނަށްވެސް ވަނީ ޒަހަމުތައް ލިބިފައެވެ. 

މި ހާދިސާ އާއި ގުޅިގެން ސީއެންއެމް އާއި ވާހަކަދެއްކި ފަރާތުން ބުނިގޮތުގައި ޝާފިއު އަކީ މަސައްކަތްތެރި ވަރަށް މަޑުމައިތިރި އަހުލާގު ރަނގަޅު ކުއްޖެކެވެ. މި ކުއްލި ހަބަރާއިއެކު ޝާފިއުގެ ބައްޕަ ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާވެސް ހޯދާފަ އެވެ.

ވިލިގިލީގައި ކައިވެނި ހަފްލާއަށް ގޮސްތިބި އާއިލާގެ މީހުންވެސް ޝޮކެއްގައި ތިބިއިރު، މަރުވި ދެމީހުންގެ ޖަނާޒާ ބާއްވަން ފުރަތަމަ އާއިލާއިން މަސައްކަތް ކުރީ މެންދުރު ފަހު އެވެ. ނަމަވެސް ހާދިސާގައި ލިބުނު ބޮޑު ޒަހަމުތަކުގެ ސަބަބުން ދެ މީހުންގެ ހަށިގަނޑުން ލޭ މަނާވާގޮތް ނުވުމުން ޖަނާޒާ އަސުރު ނަމާދަށް ލަސްވެގެން ދިޔައެވެ.

މިހާރު ދެމީހުންގެ ޖަނާޒާ ބާއްވާ ނިމިފައިވާއިރު، އެރަށުން ސީއެންއެމްއާއި ވާހަކަދެއްކި ފަރާތުން ބުނިގޮތުގައި ރަށުގައި ވަނީ އާދަޔާ ހިލާފު ހިތާމަވެރިކަމެކެވެ. 

your imageވިލިގިލީ ހޮސްޕިޓަލަށް ގިނައަދަދެއްގެ ބަޔަކު ވަނީ ޖަމާވެފަ——ފޮޓޯ:ސީއެންއެމް

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ، ހިތާމަވެރި މި ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވާ، ޝާފިއު އާއި މިސްބާހުގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރަމެވެ.    

10%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
72%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް