ads
މ.އަތޮޅުގައި ކުރިއަށްގެންދާ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ކޭމްޕް
ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ކޭމްޕް މ.އަތޮޅުގައި ފަށައިފި
ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމަށް މަސައްކަތްކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދާ "އޯގާ ކޭމްޕް" މ.އަތޮޅުގައި ފަށައިފި އެވެ.

މި ކޭންޕަކީ ފުލުހުންނާއި، އިސްލާމިކް މިނިސްޓްރީ ގުޅިގެން  އަތޮޅުތެރޭގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. 

މި ޕްރޮގްރާމުގެ ތެރެއިން މުދައްރިސުންނަށް ހާއްސަ ސެމިނާއަކާއި ބެލެނިވެރިންނާއި، ސްކޫލްގެ ދަރިވަރުންނަށް ހާއްސަ ސެމިނާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން އަދި ދީނީގޮތުން ކައުންސިލިން ބޭނުންވާ މީހުންނަށް ކައުންސިލިން ދޭނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި ޕްރޮގްރާމުގައި އާންމުކޮށް ހުޅުވާލައިގެން މިސްކިތްތަކުގައި ދީނީ ދަރުސް ދިނުމުގެ އިތުރުން ދިނީގޮތުން މައުލޫމާތު އޮޅުން ފިލުވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދިނުމާއި، ދީނީ ގޮތުން އޮޅުން އަރާފަދަ ކަންކަމަށް ސުވާލާއި، ޖަވާބު ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. 

your imageމ.އަތޮޅުގައި ކުރިއަށްގެންދާ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ކޭމްޕް

މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމާފައިވާ މި ޕްރޮގްރާމުގައި މުލި، ނާލާފުށި، ކޮޅުފުށި އަދި ދިއްގަރުގައި ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.  

އެގޮތުން، އެ ޕްރޮގްރާމްގެ ތެރެއިން މިއަދު މުލީ ސްކޫލްގައި ހާއްސަ އެސެމްބްލީއެއް ބާއްވާފައިވެއެވެ. އަދި ރަށުގެ މުއްސަސާތަކުގެ އިސް ވެރިންނަށް ބޭއްވުމަށް ހަމަޖެހިފައިވާ "ވެރިންގެ ސެމިނަރ" މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް