ads
އިބްރާހިމް މުއާޒް
މުއާޒްގެ ރާގު ބަދަލުވެއްގެ، މިފަހަރު ބުނީ ލޯންޗު ގޮވި ވީޑިއޯ އަކީ އެޑިޓެއް ކަމަށް
ފިނިފެންމާ ލޯންޗުކޮޅު ގޮވި މައްސަލައިގައި އާއްމުވެފައިވާ ވީޑިއޯ އަކީ އެޑިޓުކޮށްފައިވާ ވީޑިއޯ އެއް ކަމަށް ޝައްކު ކުރެވޭ ކަމަށް، ރައީސް ޔާމީންގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ތުހުމަތު ކުރައްވައިފިއެވެ.
Advertisement

މުއާޒު މިހެން ބުނެފައި މިވަނީ، ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާގެ އަޑީގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާޓީގެ ނައިބު ރައީސް ކަމާއި ހަވާލުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. 

"ރާއްޖެ ޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެ މުއާޒު ދެއްކި ވާހަކަތަކުގައި، އޭނާ ވަނީ ކުރިން ފިނިފެންމާ ލޯންޗާއި ގޮތުން އާއްމުވެފައި ނުވާ ތަފާތު ވާހަކަތައް ހިއްސާ ކޮށްފަ އެވެ. 

އެގޮތުން މުއާޒު ބުނީ، ފިނިފެންމާ ލޯންޗު ގޮވި އިރު އޭނާވެސް އެ ލޯންޗުގައި އިން ކަމަށާއި، އެހެން ނަމަވެސް ލޯންޗުތެރެއިން އޭނާ އަށް އަލިފާނުގެ އެއްވެސް ކަމެއް ފެނިފައި ނުވާކަމަށް ވަނީ ބުނެފަ އެވެ. 

"އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގުޅާފަ ބުނީ، ފިނިފެންމާ ލޯންޗުގޮވި ހާދިސާއާއި ގުޅިގެން ވަރަށް އަވަހަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން އެބަ ޖެހޭ. އެހެންވެ ވަރަށް އަވަހަށް ރައީސް އޮފީހަށް އައިސްދޭށޭ ބުނީ. އަޅުގަނޑު އެތަނަށް ދިޔަތަނުން ދިނީ ސީޑީއެއް. އަޅުގަނޑު އެ ސީޑީ އެޅުވިއިރު އޭގެން ވަރުގަދަ އަލިފާންގަނޑެއް ފެނުމުން ހައިރާންކަން ލިބުނު. އެ ވީޑިއޯ ނޫސްވެރިންނަށް ދައްކާށޭ އުމަރު ބުނީ." މުއާޒް ބުންޏެވެ.

އެ ވީޑިއޯ އާއި ގުޅިގެން އުމަރު އާއި ސުވާލުކުރުމުން ބުނީ، އެ ވީޑިއޯ އަކީ، ރައީސް އޮފީހުގެ ކެމެރާއަކުން ރެކޯޑް ކޮށްފައި ހުރި ވީޑިއޯއެއް ކަމަށް ބުނި ކަމަށް މުއާޒު ބުންޏެވެ. އަދި އެއީ ފިނިފެންމާ ލޯންޗުގެ ތަހުގީގަށް ރައީސް ޔާމީން އުފެއްދި ކޮމިޝަނަށް ލިބުނު ވީޑިއޯ އެއް ކަމަށްވެސް އުމަރު ބުނި ކަމަށް މުއާޒު ވަނީ ބުނެފަ އެވެ. 

"ރައީސް އޮފީސް ތެރޭގައި އޮތް ވީޑިއޯ އަޅުގަނޑުގެ ވެސް އެއްވެސް ބަހެއް އެކަމުގައި ނެތި ދެން އެބޭފުޅާ އަޅުގަނޑަށް މި ދެއްވަނީ ނޫސްވެރިންނަށް ދައްކާށޭ، މިއޮތީއޭ ގޮވި ވީޑިއޯ. ފަހުން އަޅުގަނޑު މިކަންތައް ހޯދާ ބެލި ބެލުމުން އޭރުގައި ތިބޭފުޅުން ސުވާލުކުރައްވާ، އޭރު ޓީވީ މޯލްޑިވްސްގައި އިސްކޮށް ތިިބި ވެރިންނާ އެބޭފުޅުން އެއްވެސް އެއްޗެއް ދެއްވިތޯ އުމަރު ނަސީރަށް" މުއާޒު ބުންޏެވެ.

ފިނިފެންމާ ލޯންޗުކޮޅު ގޮވި ހާދިސާގެ ވީޑިއޯ އަކީ އެޑިޓެއް ކަމަށް ދޭހަވާގޮތަށް މުއާޒު ވާހަކަ ދައްކާފައި ވާއިރު، އޭނާ ޕްރޮގްރާމުގައި ވާހަކަ ދައްކަމުން އިތުރަށް ބުނީ، ލޯންޗު ގޮވި ދުވަހު ރައީސް ޔާމީން އާއްމުކޮށް ކަންކަން ކުރައްވާ އުސޫލާއި ހިލާފަށް ކަންކަން ކުރި ކަމަށާއި، އެ ދުވަހ އިންނެވީ އާއްމުކޮށް ލޯންޗު ކޮޅުގައި އިންނަވާ ގޮނޑީގައި ނޫން ކަމަށެވެ. 

އަދި ފިނިފެންމާ ލޯންޗު ގޮއްވާލުމުގެ ހާދިސާ ހިނގިދުވަހު ރައީސް ޔާމީން ވަނީ އަމިއްލަފުޅަށް ގުޅުއްވާ އެއް ނަންބަރު ފާލަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެއްސެވުމަށް އެދިވަޑައިގެންފައި ކަމަށްވެސް މުއާޒު ވަނީ ބުނެފަ އެވެ. 

މީގެ ކުރިންވެސް މުއާޒު ވަނީ މި ހާދިސާ އާއި ގުޅިގެން ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކާފަ އެވެ. އެ ވާހަކަތަކަށް މީގެ ކުރިން ރައީސް ޔާމީން ވަނީ ރައްދު ދެއްވާ އެ ވާހަކަތަކަކީ ދޮގެއް ކަމަށް ބުނެފަ އެވެ. 

62%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް