ads
ހޭންޑްސް ޓުގެދާ ޖަމުއިއްޔާގެ މެންބަރުން މަޖިލީހުގެ ކޮމެޓީގައި
ޑްރަގު އެޖެންސީގެ މައްސަލަތައް ބޮޑުވެ ހޭންޑްސްޓުގެދާ އިން ސްޕްރީމް ކޯޓަށް
ނޭޝެނަލް ޑްރަގް އެޖެންސީ (އެންޑީއޭގެ) މަސައްކަތްތައް ބޮއްސުންލާފައިވާތީވެ އެކަންކަން މިއަދާއި ހަމައަށްވެސް ރަގަޅުކޮށްފައިނުވާތީ ހޭންޑްސްޓުގެދާ އިން މި މައްސަލައަށް ގޮތެއް ނިންމައިދިނުމަށް އެދި ސްޕްރީމްކޯޓަށް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

ހޭންޑްސްޓޔގެދާ އަކީ އެންޑީއޭގެ މަސައްކަތްތަކަށް ފާރަވެރިވާ ޖަމިއްޔާ އެކެވެ. މި ޖަމިއްޔާ އަކީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ އެކެވެ. 

"ސީއެންއެމް" އަށް މައުލޫމާތުދެއްވަމުން ހޭންޑްސްޓުގެދާގެ ސެކެޓްރީ ފާތިމަތު ސުޖްނާ ޝާކިރު (ސުޖޫ) މިއަދު ވިދާޅުވީ އެންޑީއޭގެ ދަށުން ހިންގަމުންގެންދާ ޑްރަގު ރިހިބިލިޓޭޝަން ސެންޓަރުތަކުގެ މައްސަލަތައް ފާހަގަކޮށް އެތައް ފަހަރަކު ރަގަޅުކުރުމަށް ނުވަތަ މިކަންކަން ހައްލުކޮށްދިނުމަށް އެންޑީއޭގައިވެސް އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެދެވޭ ޖަވާބެއް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. 

"މީ ވަރަށް ބޮޑު ގައުމީ މައްސަލައެއް. މަސްތުވާތަކެތި ނައްތާލަން އަދި ގައުމަުގެ ޒުވާނުން މިކަމުން ސަލާމަތްކުރަން މި މަސައްކަތްކުރަނީ. އެކަމަކު މިކަން ސަރުކާރުން ރަސްމީކޮށް ކުރަން ހަވާލުވެފައި ތިބި މީހުން ނޫޅޭ މީގެ އެއްވެސް ކަމެއް ހަމަ ރަނގަޅަށް ކުރިއަށް ގެންދާކަށް. އެންޑީއޭއިން ކަމެއް ހައްލުކުރާކަށް ވާހަކަ ދައްކާކަށްވެސް ބޭނުމެއް ނުވޭ." ޝުޖޫ ވިދާޅުވި އެވެ.

your imageހިންމަފުށީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު --

ހޭންޑްސްޓްގެދަރ އިން ހުށަހެޅި ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން

  •  ޒަރޫރީ ބޭނުންތަކުގެ ތެރެއިން އެއްޗިހި ދޮވުމާއި ކެއިންބުއިމުގެ ކަންކަން ހަރުދަނާކުރެވިފައި ނެތުން
  • ސެންޓަރުގައި ފަރުވާ ދޭނެ ރަނގަޅު ފެސިލިޓީއަކާއި ވަސީލަތްތައް ހަމަޖައްސާފައި ނެތްއިރު، ތަނުގެ ޖާގަ ކަމުގައިވާ 172 މީހުންނަށް ފަރުވާ ދޭން، ސެންޓަރުގައި ތިބީ ވެސް އެންމެ 8 ކައުންސެލަރުން ކަން ފާހަގަކުރުން.
  • މުވައްޒަފުންގެ ދަތިކަމުގެ ވާހަކަ، އެންޑީއޭގެ އިސް ވެރިންގެ ގާތުގައި ބުނުމުން، މިހާތަނަށް ވެސް އެކަމަށް ހައްލެއް އައިސްފައިނުވުން
  • ކައުންސެލަރުން ސެޝަންތައް ނަގައިދިނުމަށް ޓަކައި ހަމަޖައްސާފައިވަނީ ތިން ކޮޓަރި ކަމަށް ވެފައި 8 ކައުންސެލަރުން އެއްފަހަރާ ކްލާސްތައް ނަގައިދެވޭނެ ގޮތެއް ނެތުން.

ޝުޖޫ ވިދާޅުވީ އެންޑީއޭއިން އަދާކުރަންޖެހޭ ގާނޫނީ ޒިންމާ އަދާކުރަމުން ނުދާތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު 1،050 މީހެއްގެ ސޮޔާއިއެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށައަޅާފައިވާ ކަމަށާއި، މަޖިލީހުން މިކަންކަން އޮތްގޮތް ބެލުމަށް މިދިޔަ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއަދާއި ހަމައަށްވެސް އެއިން ސިޓީއެއްގެ ޖަވާބުވެސް އެންޑީއޭއިން ލިބިފައި ނުވާ ކަމަށެވެ. 

"ގާނޫނީ ޒިންމާ އަދާނުކުރާތީ އެވާހަކަ މި ދައްކަނީ. ކިތަންމެ ފަހަރަކު މިކަންކަން އިސްލާކުރަން ސިޓީ ފޮނުވިއްޖެ. ޕެޓިޝަން ހުށައަޅައިފިން. މަޖީލީހުންވެސް ބުނެފި މިކަން ބަލަން. އެއްވެސް އަޕްޑޭޓެއްވެސް އަޅުގަނޑުމެންނަށް ނުލިބެނީ." ޝުޖޫ ވިދާޅުވި އެވެ.

ހޭންޑްސްޓުގެދާގެ މީޑިޔާ ކޯޑިނޭޓާ އައިމިނަތު ނަތާޝާ މިއަދު ވިދާޅުވީ އެންޑީއޭގެ މި މައްސަލައަށް ގޮތެއް ނިންމުމަށް އެދި ސްޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. 

your imageނޭޝެނަލް ޑްރަގް އެޖެންސީ

ނަތާޝާ ވިދާޅުވީ މިވަގުތު ކުރަމުންދަނީ ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ ލީގަލް މަސައްކަތްތައް ކަމަށެވެ. 

ހޭންޑްސްޓުގެދާގެ ކަންބޮޑުވުންތަކުގެ ތެރޭގައި ފަރުވާ ކުރުމުގައި ބޭނުންކުރާނެ ބޭސް ނުލިބުމާއި، ރިހިބިލިޓޭޝަން ސެންޓަރު ތަކުން ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން ޒަރޫރީ ހިދުމަތްތައްވެސް ފޯރުކޮށްދިނުމަށް ދަތިވުމާއި، އިމަޖެންސީ ހާލަތްތަކުގައި ހޯދުމަށް ބޭނުންވާ ބޭސްފަދަ ތަކެތި ނުލިބި ގިނަ ދުވަސްވަމުން އަންނަ މައްސަލަތައްވެސް ފާހަގަކޮށްފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް