ads
ރާއްޖޭގައި ދިރިއުޅޭ ބިދޭސީން: އަދިވެސް އިތުރު ބިދޭސީން ބޭނުންވާކަމަށް ނައިބްރައީސް ފައިސަލް ނަސީމް މިއަދު ވަނީ ވިދާޅުވެފަ.
ރާއްޖޭގެ މަސައްކަތްތަކަށް އަދިވެސް ބިދޭސީން ބޭނުންވޭ: ނައިބު ރައީސް
ރާއްޖޭގެ މަސައްކަތުގެ މާހައުލުގައި ގިނައީ ބިދޭސީން ކަމަށާއި އަދިވެސް އިތުރު ބިދޭސީން ރާއްޖެއަށް ބޭނުންވާކަމަށް ނައިބްރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ރިއަރ އެޑްމިރަލް އެސް އެމް އަބްދުލް ކަލާމް އާޒާދު އާއެކު މިއަދު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ޤަވާޢިދުގެ ތެރެއަށް ވެއްދުމަށް ކުރިޔަށްގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ކުރިއަށްގެންދާ ކަމަށެވެ.

ނައިބްރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖޭގެ ތަރައްޤީގައި، އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވި އެވެ. 

އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް އިތުރުވަމުން އަންނައިރު މުސްތަޤްބަލުގައި އިތުރު މަސައްކަތްތެރިންނަށް ބޭނުންވާނެކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

your imageނައިބްރައީސް ފައިސަލް ނަސީމް ބަނގުލަދޭޝްގެ އައު ސަފީރާއި ބައްދަލުކުރައްވަނީ

ނައިބް ރައީސް ވަނީ ވަނީ މަސައްކަތުގެ މާހައުލުގައި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމުގައި ވިދާޅުވެ، އެކަމުގައި އަދިވެސް މަސައްކަތްތައް ކުރަންހުރިކަން ފާހަގަކުރައްވާފައެވެ.

ގަވައިދާ ޙިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގަވައިދާ އެއްގޮތަށް ބެހެއްޓުމަށް ފުރުސަތު އޮތުމާއި ބެހޭގޮތުންވެސް ނައިބްރައީސް ވަނީ ވާހަކަ ދައްކަވާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް