ads
ދިވެހި ދެ ނަރުހުން އޮޕަރޭޝަނަކަށް ތައްޔާރުވަނީ:--
ދިވެހި ޑޮކްޓަރުންނަށް ފުރުސަތު ހަނި: ބޭރު ޑޮކްޓަރުން ހޯދަނީ!
ރާއްޖޭގައި ވަޒީފާ ނެތިފައިތިބި ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް ފުރުސަތު ހަނިވެފައިވާކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް، ރާއްޖެއިން ބޭރުން ޑޮކްޓަރުންނާއި ނަރުހުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ މިނިސްޓްރީން ކަނޑައަޅާ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަށް ކުރަން މެޑިކްލަ އޮފިސަރުންނާއި ނަރުހުން ހޯދަން ބޭނުންވާ ކަމަށެވެ. 

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނަކީ، ރާއްޖެއިން ބޭރުން ބިދޭސީ މަސައްކަތްތެރިން ގެންނަ ރެކްރޫޓްމެންޓު އޭޖެންސީ ތަކަށް ހާއްސަކޮށްގެން ކޮށްފައިވާ އިއުލާނެއް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެހެން ކަމުން މި ވަޒީފާތަކަށް ކުރިމަތި ލުމުމުގެ ފުރުސަތު ދިވެހިންނަށް ނެތެވެ. 

ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެ މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި މަސައްކަތް ކުރާނެ 50 ނަރުހުންނާއި 25 މެޑިކަލް އޮފިސަރުން ހޯދަން ބޭނުންވާ ކަމަށެވެ. މަހަކު ނަރުހަކަށް އިތުރު ގަޑިއާއި ނުލާ 17،460 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެ ކަމަށާއި، މެޑިކަލް އޮފިސަރުންނަށް މަހަކު ގާތްގަނޑަކަށް 27،000 ރުފިޔާ ލިބޭނެ ކަމަސް އެމިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފަ އެވެ. 

ހެލްތު މިނިސްޓްރީން ބިދޭސީ ނަރުހުންނާއި ޑޮކްޓަރުން ހޯދަން އިއުލާން ކޮށްފައި ވާއިރު، ރާއްޖޭގައި ސިއްހީ ދާއިރާއިން އެކަށީގެންވާ މުސާރައާއި އެކު ވަޒީފާ ހޯދަން ދަތިކަމަށް ބުނެ ދިވެހި ބައެއް ޑޮކްޓަރުންނާއި ނަރުހުން ވަނީ ފާހަގަކޮށްފައެވެ. 

މިކަމާއި ގުޅިގެން ސިއްހީ ދާއިރާގެ ތަޖުރިބާކާރަކު ސީއެންއެމްއާއި ވާހަކަދައްކަމުން ބުނެފައި ވަނީ، މިއީ ދިވެހި ނަރުހުންނާއި ޑޮކްޓަރުންނަށް ސަރުކާރުން ވާ އިހާނެތި ކަމެއް ކަމަށެވެ. ވަޒީފާ ދިނުމުގައި ދިވެހިން އިސްކުމާއި، އެކަށީގެންވާ މުސާރައެއް ދިނުމަކީ މުހިންމުކަމެއްކަމަށް ވެސް އޭނާ ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް