ads
ރައީސް މުއިއްޒު ޒަމީރު އަރިހުގައި
ސުކޫކަށްް ދައްކަންޖެހޭ 500 މިލިއަން ޑޮލަރު އަދާކޮށް ހަލާސްކޮށްފި
ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ސުކޫކަށް އަދާކުރަންޖެހޭ 500 މިލިއަން ޑޮލަރު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑާއި، ރިޒާވްގައި ރައްކާކޮށްފައި ހުރި ފައިސާ ބޭނުންކޮށްގެން އަދާކޮށް ހަލާސްކޮށްފި އެވެ.
Advertisement

މި ފައިސާ ދެއްކުމުގައި ސަރުކާރުން ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު، އެސްޑީއެފްއާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާއެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި 500 މިލިއަން ޑޮލަރާއި ސުކޫކުގެ ފައިދާއަށްވާ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ދައްކައި ހަލާސްކޮށްފަ އެވެ.

މި ބޮޑު ދަރަނި ދެއްކުމަށް ސަރުކާރުން ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވެވެ. މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މި ދަރަނި އަދާކުރުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދު ރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވެގެންދާނެ އެވެ.

މި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށް ޓަކައި ރައީސް ސާލިހުގެ ސަރުކާރުން ނަގާފައިވާ ދަރަންޏެކެވެ. މާލީ ވުޒާރާއިން ބުނީ، މި ދަރަންޏަކީ ދުނިޔޭގެ އިގުތިޞާދީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި، ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ ދަރަންޏެއް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ، މި ދަރަނި ދައްކާ ނިމުމާއެކުވެސް ރައްޔިތުންނަށް ބޭނުންވާ ތެލާއި، އަސާސީ ހިދުމަތްތަކާއި، މުދާ މެދުނުކެނޑި ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ.

އަދި ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން މާލީ ހަމަޖެހުން ދެމެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން އަބޫދާބީ ފަންޑުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުން ފަސްކުރުމުގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ނިމިފައިވާކަންވެސް އެ ފިނޭންސް މިނިސްޓްރީން ހާމަކުރެ އެވެ.

ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ އިގުތިސާދީ ބަދަލުތަކާ އެއްގޮތަށް ރާއްޖޭގެ މާލީ ސިޔާސަތުތައް ބައްޓަންކޮށް، ފިސްކަލް ހަމަޖެހުން ދެމެހެއްޓުމެވެ. އަދި މެދުރާސްތާގައި ޖީޑީޕީގެ ނިސްބަތުން ދަރަނި ހުންނަ މިންވަރު ދަށްކުރުމަށް ސަރުކާރުން ދަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;