ads
ވެމްކޯގެ ޑީއެމްޑީ ސިރާޖް އާއި އެންމވާރަމަންޓް މިނިސްޓަރު ޝައުނާ
ވެމްކޯއަށް ލިބެންޖެހޭ 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމުގެ މަސައްކަތް ފަށައިފިން: ސިރާޖް
ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ލިބެންޖެހޭ 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށާއި، އެފައިސާ ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަަމަށް ވެމްކޯއިން ބުނެފި އެވެ.

ރާއްޖޭގެ ކުނީގެ މައްސަލަތަކަށް ދާޢިމި ހައްލެއް ހޯދުމުގެ މަސައްކަތުގައި މަޝްވަރާ ކުރުމަށް އެންވާރަމަންޓް މިނިސްޓަރާއެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖު ވަނީ އެކޯޕަރޭޝަންއަށް އަށް ދިމާވާ ގޮންޖެހުންތައް ނޫސްވެރިންނާއި ހިއްސާކޮށްފަ އެވެ. 

ނޫސްވެރިންގެ މި ބައްދަލުވުމުގައި "ސީއެންއެމް" އިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސިރާޖު ވިދާޅުވީ ކުނީގެ މައްސަލަތަކަށް ހައްލު ގެނައުމަށް ކުރެވޭ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކީ ކުނި އުލާލައިދިނުމުން ލިބެންޖެހޭ ފައިސާ ނުލިބުމުގެ މައްސަލަ ކަމަށެވެ. 

ސިރާޖް ވިދާޅުވީ މިހާރުވެސް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި ކަމަށާއި، އެ ފައިސާ ހޯދާނެ ގޮތްތަކާއިބެހޭގޮތުން ކަމާއިބެހޭ އިދަރާތަކާއިއެކު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށެވެ. 

ވެމްކޯއިން ކޮންމެ ދުވަހަކު ދެމުންގެންދާ ޙިދުމަތްތަކުގެ ތެރޭގައި ގޭބީސީ ތަކުން އުފެދޭ ކުންޏާއި، ވިޔަފާރި ކުރާ ތަންތަނުން އުފެދޭ ކުނި އުކާލަ އެވެ. 

ބިލްތައް ނުދައްކައި ވެމްކޯގެ ޙިދުމަތް ހޯދާފައިވާ އެތަކެއް ފަރާތްތަކެއް މީގެ ކުރިން ހުރިކަން ފާހަގަކުރައްވަމުން ސިރާޖް ވިދާޅުވީ މާލޭގެ ގޭބީސީތަކުން މިހާރު ބަރާބަރަށް ބިލްތައް ދައްކަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. 

"ކުރީގަ އެބަހުރި އެތައް ބައެއްގެ ބިލްތައް މާލޭގަވެސް. މިހާރު ހަމަ ގަވައިދުން ހަމަ މާލޭގެ ގޭބީސީތަކުން ބިލްތައް ދައްކަމުން އަންނަކަން ފާހަގަކުރަން. ހަމަ 80 ޕަސެންޓް މީހުން މިހާރު ބިލްދައްކަމުން އާދެޔޭ ބުނެވިދާނެ." ޔޫސުފް ސިރާޖް

ވެމްކޯ އަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެމްކޯއިން ފޯރުކޮށްދެމުން އަންނަ ޙިދުމަތްތަކަށް ނުވަތަ ބިލްތަކަށް ފައިސާ ނުލިބޭ މައްސަލަކަން ފާހަގަކުރައްވަމުން އެންވާރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވީ މި ބިލްތައް ޔުޓިލިޓީގެ ބިލްތަކާއި، (ފެނާޢި، ކަރަންޓުގެ ބިލް)ތަކުގެ ގޮތުގައި ހިމަނަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.  

ސިރާޖް ވިދާޅުވީ ވެމްކޯ އުފެދިގެން އައި އިރުގައި ރަޖިސްޓްރޭޝަން ޕްރޮސަސްގެ ކަންތައްތައް ހުރީ އެންމެ ރަގަޅަށް ނޫން ކަމަށާއި، މިހާރު އެކަންކަން މެނޭޖްމަންޓުން ބަލަމުން ގެންދާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް