ads
މާމިގިލި އެއާޕޯޓް
ކުއްލި ހާލަތުގައި ބޭނުންކުރަން މާމިގިލީގެ ރަންވޭ ތަރައްގީކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ރަންވޭއަށް ކުއްލި ހާލަތުގައި ފްލައިޓަކަށް ނުޖެއްސި ނަމަ ފްލައިޓްތަކަށް މާމިގިލީ އެއާޕޯޓް ބޭނުންކުރެވޭ ފެންވަރަށް އެ ތަން ތަރައްގީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
Advertisement

ގާސިމް އިބްރާހީމް މިކަން އިއުލާންކުރެއްވީ ވިލާ ފައުންޑޭޝަނަށް 20 އަހަރު ފުރުން ފާހަގަކުރަން ވިލާ ކޮލެޖުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ގާސިމް އިބްރާހީމް ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތުން ވައިގެ ދަތުރުފަތުރުގެ ހިދުމަތްތަކަށް ވަރަށް ބޮޑަށް ބަރޯސާވާންޖެހޭ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ މައި އެއާޕޯޓް، ވީއައިއޭއަށް ކުއްލި ހާލަތުގައި ޖައްސަން އަންނަ ފްލައިޓަކަށް ޖެއްސޭ ގޮތް ނުވެއްޖެނަމަ އެ ހާލަތުގައި ފްލައިޓްތައް ޖައްސާނެ ރަންވޭ އޮތުން މުހިއްމު ކަމަށެވެ. 

އެހެންކަމުން މާމިގިލީ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދާ ކަމަށާއި އެމަސައްކަތް ނިމޭއިރު ކުއްލި ހާލަތްތަކުގައި ފްލައިޓްތައް ޖެއްސޭ ގޮތަށް އެއާޕޯޓްގެ ރަންވޭ ތައްޔާރުކުރެވޭނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. މިއީ ރާއްޖެ މިއަދު ތަރައްގީވަމުން އަންނަ ގޮތަށް ބަލައި އިގްތިސޯދީ ނަޒަރަކުން ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ. 

ގާސިމް ވިދާޅުވީ ކުއްލި ހާލަތްތަކުގައި ފްލައިޓްތައް ޖެއްސުމަށް ހާއްސަ ރަންވޭއެއް ހެދުމަށް ކުރެވުނު މަސައްކަތްތަކާ ގުޅިގެން އެ މަސައްކަތް ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް އޭރު ކުރެވިފައި ނުވަނީ ރައީސް ޔާމީންގެ ސަރުކާރުން ވިލާ ގުރޫޕާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ކަމަށްވެސް ވިދާޅުވި އެވެ. 

ވިލާ ފައުންޑޭޝަނާ ގުޅޭގޮތުން ގާސިމް އިބްރާހީމް ވިދާޅުވީ އެ ފައުންޑޭޝަން އުފައްދާ މިދިޔަ 20 އަހަރުގެ ތެރޭގައި 7000 ކުދިންނަށް ތައުލީމް ހާސިލްކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

62%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
31%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް