ކޭން ޓަނަކާ، ނަމަކަށް ކިޔާ ޖަޕާނުގެ އަންހެން މީހާ މަރުވެފައިވަނީ އުމުރުން 119 އަހަރުގައެވެ. ޖަޕާނުގެ އެންއެޗްކޭ ޓީވީން މިކަން އިއުލަނު ކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.
އޭނާ އުފަންވީ 1903 ވަނަ އަހަރުގެ ޖެނުއަރީ 2 ވަނަ ދުވަހުއެވެ.
ޓަނާކާ އަށް ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ލިބިފައިވަނީ 2019 ވަނަ އަހަރުއެވެ.
ޓަނާކާ އަކީ ފީޒީ ބުއިންތަކަށާއި ޗޮކޮލެޓްއަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހެކެވެ.
ދުނިޔޭގައި އެންމެ އުމުރު ދިގު މީހުން ތިބީ ޖަޕަނުގައެވެ. އެގޮތުން އެގައުމުގައި 100 އަހަރުން މަތީގެ 86،510 މީހުން މިހާރު ވެސް ދިރިއުޅެއެވެ. އޭގެތެރެއިން 90 ޕަސަންޓު މީހުންނަކީ އަންހެނުންނެވެ.