ads
އައިޑީ ކާޑު——
މި އަހަރު ރާއްޖޭގައި ޑިޖިޓަލް އައިޑީކާޑް ބޭނުންކުރަން ފަށަނީ
ދިވެހިރާއްޖޭގައި ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން ތައްޔާރުވަމުން އަންނަކަމަށް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ހާމަކުރައްވައިފިއެވެ.

"ވިޔަވަތި" ރާއްޖެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން ފަށަން ކުރަންޖެހޭ މަސައްކަތުގެ ބޮޑުވައި ނިމިފައިވާކަމަށެވެ. 

ޑިޖިޓަލް އައިޑީކާޑު ދިވެހިރާއްޖޭގައި ބޭނުންކުރަން ފެށިއަސް، އައިޑީކާޑު ޕްރިންޓު ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް އޮންނާނެކަމަށް ވެސް މިނިސްޓާ ވިދާޅުވިއެވެ. 

"ސަރުކާރުގެ އަމާޒަކީ ޒަމާނީ ފަސޭހަތަކާ އެކު ހިދުމަތް ފޯރުކޮށްދިނުމުގައި ކައުންސިލްތަކަށް ވެސް ލުއި ފަސޭހަވާނެ ގޮތަށް ނިޒާމުގެ ކަންކަން ކުރިއަށް ގެންދިއުން،" - މިނިސްޓާ ޝައުނާ-

މިމަހުގެ 28-29 ގައި ކުރިޔަށްގެންދިޔަ ވިޔަވަތި ރާއްޖެ ކޮންފަރެންސްގެ މައިގަނޑު އެއް މަގްސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމެވެ. 

ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަޤީޤީ މަންފާ ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާގޮތަށް އެ ނިޒާމު ބައްޓަންކުރެއްވުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ގެނައި އިސްލާޙްތަކާއެކު ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޒުކުރުމުގެ ކަންކަން ކުރިޔަށްދާގޮތް ގާތުން ބެއްލެވުމާއި އަދި ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލުހޯދުމުގެ ގޮތުން ކައުންސިލަރުންނަށް ރައީސުލްޖުމްހޫރިއްޔާއާއި އަދި ކަމާބެހޭ ވަޒީރުންނާއި މަޝްވަރާކުރައްވައި ޙައްލުތައްހޯއްދެވުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީވެސް މި ކޮންފަރެންސްގެ މުހިންމު ބޭނުމެކެވެ.

ހަމަ އެހެންމެ މީގެ ކުރިން މަރުކަޒީގޮތުން އިދާރާތަކުން ކުރަމުންއައި މަސައްކަތްތަކާއި މަސްއޫލިއްތުތައް ކައުންސިލްތަކަށް ބަދަލުކުރުމުގެ ގޮތުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން، އަލަށް ކައުންސިލްތަކަށް އިންތިޚާބުވި ކައުންސިލަރުންނާ އ.ތ.މ ކޮމެޓީތަކުގެ ރައީސުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަކީ ވެސް ކޮންފަރެންސްގެ މުހިންމު އެއް ބޭނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް